ކަނާތުން ވާތަށް- އިމްރާން، އަބްދުއްރަހީމް އަދި ޢަލީ ވަހީދު
ކަނާތުން ވާތަށް- އިމްރާން، އަބްދުއްރަހީމް އަދި ޢަލީ ވަހީދު
މި ސަރުކާރުން ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށް ވިދާޅުވެ ސަރުކާރުގެ ދެވަޒީރުން އިދިކޮޅު ބޭފުޅުންނާ ބެހޭ ގޮތުން މިއަދު ދެއްކެވި ވާހަކަތަކަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ރައްދު ދެއްވައިފިއެވެ.

އަދުރޭ މއަދު މިފަދަ ރައްދެއް މި ދެއްވީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅު ކަމަށް އަދުރޭ ވިދާޅުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ހަދާ ގޯސްތަކާއި ސަރުކާރުގެ އިހުމާލުގެ ވާހަކަދައްކައި އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ މީހުންގެ އަނގަ ބަންދު ކުރަން އުޅުނަސް އެކަމެއް ނުވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ފެއިލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކި ކޯވިޑް-19 އާ ގުޅިގެން ގެންގުޅޭ ސިޔާސަތެއް ނޫން. މި ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް އަޅުގަނޑެއް ވެސް ޕީޕީއެމް/ ޕީއެންސީ އަކުން ވެސް ތާއީދެއް ނުކުރަން. ވަރަށް ސާފު. ތެޅުނު ވަރަކަށް ދާނީ ހުޅުނބު. މީ ލައްކަ ވާހަކަ." ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، މިނިސްޓަރު އިމްރާން ޓެގު ކުރައްވައި އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މިރޭ ޗެނަލް 13ގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ އިމްރާނަކީ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވާ އަދި ކަނޑައެޅިގެން އިތުރުފުޅު ހައްދަވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން އޭނާ މިސާލު ނެންގެވީ 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ މޭމަހާއި ހިސާބަށް އިމުރާނު އެމްޑީޕީއާއި ރައީސް ނަޝީދާއި ބެހޭގޮތުން ދައްކަވާފައިވާ ވާހަކަ ތަކުންނެވެ. އަދި 2015 ވަނަ އަހަރު ރައީސް ޔާމީނާއި ބެހޭގޮތުން ވެސް އެފަދަ ދޮގު ވާހަކަތައް ދައްކަވާފައިވާކަން އަދުރޭ ފާހަގަ ކުރެއްވިއެވެ.

"ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ 2012 ގަ ތިޔަބުނާ ބޭފުޅަކު ދެއްކެވި ވާހަކަ. އެއްޖަލްސާއަށްވުރެ ގިނަ ޖަލްސާގަ، އެއް ފޯރަމަށްވުރެ ގިނަ ފޯރަމް ތަކުގަ، ކީކޭތޯ ވިދާޅުވީ. ވިދާޅުވީ އެމްޑީޕީއަކީ މިރާއްޖެއަށް ހެއުއެދޭނެ ބައެއް ނޫނޭ، ރައްޔިތުންނަށް ހެއުއެދޭނެ، ކަމެއް ކޮށްދެވޭނެ ބައެއް ނޫނޭ. ރައީސް ނަޝީދަކީ ޔަހޫދީ ޖަމާޢަތްތަކުން މިތާނގަ އިސްލާމްދީން ނޫން އެހެން ދީންތައް ފަތުރަން ފޮނުވާފަ ހުރި އެޖެންޓެކޭ. ރައީސް ނަޝީދަށް އެހީތެރިވުމަކީ އިސްލާމްދީނާ ދެކޮޅަށް ކުރެވޭ ކަމެކޭ ވިދާޅުވެ ވާހަކަ ދެއްކެވި ބޭފުޅެއް އިމްރާނަކީ." އަދުރޭއާއި ބެހޭގޮތުން އިމްރާން ހެއްދެވީ އިތުރުފުޅެއްކަން ސާބިތުކޮށްދެއްވަމުން އަދުރޭ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، ކޯވިޑް-19 ގެ މިކާރިސާއާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހުރިހާ ދާއިރާއެއްގެ ތަޖުރިބާކާރުން ދެއްވާ ލަފަޔާއި އިރުޝާދާއެކު ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

އެކަން އިދިކޮޅު ޕާޓީތަކާއި އިދިކޮޅު މެންބަރުން ވެސް ބަލައިގަންނަ ކަމަށާއި އެގޮތުން އެފަަދަ ބޮޑު ނިންމުމެއް ނިންމި ދުވަހަކު އިދިކޮޅު ކޯލިޝަންގެ އެންމެ އިސް ލީޑަރަކު ގުޅުއްވައި އެ ނިންމި ނިންމުން ބަލައިގަންނަ ކަމަށާއި އަދި ސަރުކާރުން މަޝްވަރާ ކުރުމަށްފަހު ނިންމާ ނިންމުންތަކަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެބޭފުޅެއް އެވާހަކަ ވިދާޅުވީ ސިއްރުން ކަމަށްވެފައި އަދި އެބޭފުޅެއް ނިސްބަތްވާ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެތީވެ ކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާނަށް ގުޅުއްވި ސިޔާސީ ލީޑަރުގެ ނަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް އެ ސުވާލު ތަކުރާރުކޮށް ނޫސްވެރިން އަހަން ފެށުމުން މިނިސްޓަރު އަލީ ވަހީދު ވަނީ، އެއީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރ އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ނައީމް

13-May-2020

އިމްރާނަކީ ވަރަށް ދޮގު ހަދާ މީހެކޭ އަޅުގަނޑުގެ ކާފަ ދަރިފުޅު ވެސް ޓީވީ ބަލަން އިދެފަ އެްދުވަހަކު ބުނި. އެކުދީންނަށް އެނގޭނީ ކިހާ ވަރެއްވީމާ. ޢަދުރޭއަށް ޅެން ހަދާން ވެސް އެނގޭކަމަށް އެްބަސްވީތީ ވެސް ޝުކުރު. އެއީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއް. ޤާއިދެއް. ތެދުވެރުިެއް .އިމްރާނަކީ މުނާފިގެއް.


3

ނައީމް

14-May-2020

އިމްރާނަކީ ވަރަށް ދޮގު ހަދާ މީހެކޭ އަޅުގަނޑުގެ ކާފަ ދަރިފުޅު ވެސް ޓީވީ ބަލަން އިދެފަ އެްދުވަހަކު ބުނި. އެކުދީންނަށް އެނގޭނީ ކިހާ ވަރެއްވީމާ. ޢަދުރޭއަށް ޅެން ހަދާން ވެސް އެނގޭކަމަށް އެްބަސްވީތީ ވެސް ޝުކުރު. އެއީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއް. ޤާއިދެއް. ތެދުވެރުިެއް .އިމްރާނަކީ މުނާފިގެއް.


3

އަދުރޭ

12-May-2020

ހޮޅި ވާހަކަ އަދުރޭނލައްވާ ކޮސް އަނގަ ތަޅުވަނީ ކާކުކަން އެނގޭ އަހަރެމެންނަށް


2

އަދުރޭ

12-May-2020

ހޮޅި ވާހަކަ އަދުރޭނލައްވާ ކޮސް އަނގަ ތަޅުވަނީ ކާކުކަން އެނގޭ އަހަރެމެންނަށް


14

ސަހީލް

12-May-2020

މޮހޮނު އަށް ވެސް އެނގޭނެ ހަމަ ރަނގަޅަށް އަދުރޭ އަކީ ސިޔާސީ ގޮތުންް ސީދާ ކޮހެއްކަން އޭނާ ގައިގަ ހުރި ހުނަރަކީ ޅެންހެދުން


-1

މޮހޮނު

12-May-2020

އާދެ! އިމްރާން އާއި އަލީ ވަހީދަކީ ސިޔާަސީ ގޮތުން ވަރަށް ބައެއް ދެއްތޯ ސަލީމް


-1

ހަސަން

12-May-2020

ކޮސް ނުގޮވާ އަދުރޭ ލަދު ކޮބައިތަ މިފަދަ ބޮޑު ކާރިސާ އެއްގަ ގައުމާއި ރައްޔަތުން ވަނިކޮށް ރައްޔަތުންގެމަޖިލިސްރައީސް އާއި ކަލޭމެން ގުޅިގެން ސަރުކާރު ގިއްގަޅުވަން ތިކުރާމަސައްކަތް ކާމިޔާބެއް ނުވާނެ


13

ަސަހީލް

12-May-2020

އަދުރޭވއަކީސިޔާސީގޮތުން އެއްވެސް ބުރަދަނެއް ހުރިބޭފުޅެއްނޫން އަދުރޭ އަކީ ނިކަން މޮޅަށް ޅެންހައްދަވާ ބޭފުޅެއް



ޓްރެންޑިން