އިރުއިރުކޮޅާ އެފުށް މިފުށަށް ޖެހޭ ގައުމަކަށް ހަމަޖެހުމެއް ނުލިބޭނެކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރު އުގައިލް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގޮވާލާ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުގައިލް ވިދާޅުވީ ‏އިރުއިރުކޮޅާ އެފުށް މިފުށަށް ޖެހޭ ގައުމެއްގެ ރައްޔިތުންނަށް ހަމަޖެހުމެއްވެސް އަދި ކުރިއެރުމެއްވެސް ލިބިފައިވާތަނެއް ތާރީޚަކުން ފެނިވަޑައިގެންފައި ނުވާކަމަށެވެ. އަދި ރައްޔިތުންނަށް އުފާވެރިކަމާއި ގައުމަށް ތަރައްގީ ލިބެނީ ދުރުރާސްތާ ރޭވުންތަކެއްގެ މައްޗަށް، ދިގުމުއްދަތަކަށް ކުރެވޭ ހަރުދަނާ އިޚްލާޞްތެރި ޚިދުމަތްތަކުންކަމަށްވެސް އުގައިލް ވިދާޅުވިއެވެ.





ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސް ނަޝީދު މަސައްކަތް ފަށާފައިވާއިރު، އެކަމަށް މާބޮޑު ތަރުހީބެއް ލިބެމުން އަންނަތަނެއް ނުފެނެއެވެ. އަދި މަޖިލިސް މެމްބަރުންގެ ތެރެއިންވެސް އެކަމަށް ތާއީދުކުރައްވަނީ މަދު މެމްބަރުންތަކެއްކަން ފާހަގަކޮށްލެވެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތަކީ ރައްޔިތުންގެ މަސްލަހަތު ނެތް، ބައެއްގެ އަމިއްލަ މަސްލަހަތަށް ކުރާ މަސައްކަތެކެވެ. އެގޮތުން އެކަމުގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ނަޝީދު ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވުން ކަމަށް ހުދު އެމަނިކުފާނުވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން