ބަރުލަމާނީ ނިޒާމުގައި ވެރިކަން ކޮންޓްރޯލްކުރާނީ މަހުޖަނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް، އިބްރާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަށްޓަވާފައިވާއިރު، އިބްރާއަކީ އެކަމާއި ދެކޮޅަށް ވަކާލާތު ކުރަށްވާ އެމްޑީޕީ އުފެއްދެވުމުގައި ވެސް މަސައްކަތް ކުރެއްވި މެމްބަރެކެވެ.

އިބްރާ ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި 5 މަހުޖަނުން، މީހަކަށް 10 މެމްބަރުންގެ މަގުން 50 މެމްބަރުން ގަނެފައި މުޅި ދައުލަތް މިލްކުކުރާނެކަމަށެވެ. އަދި ބޮޑުވަޒީރު އިންނާނީ އެ 5 މަހުޖަނުންގެ މުށުތެރޭގައިކަމަށް އިބްރާ ވިދާޅުވިއެވެ.



ރިޔާސީ ނިޒާމެއްގައި ގައުމުގެ އިސްވެރިޔާ ކަނޑައަޅަނީ ހުރިހާ ރައްޔިތުންގެ ވޯޓުންނެވެ. މިއާ ޚިލާފަށް ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަން މަދު އާބާދީއެއްގެ ވޯޓަކޮޅަކުން މަޖިލީހަށް ހޮވޭ މަޖިލިސް މެންބަރަކު ކުރަށްވާއިރު، ސަރުކާރުގެ ވެރިޔާގެ ގޮތުގައި ކަނޑައަޅާ ބޮޑު ވަޒީރު ހޮވާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، އަޣުލަބިއްޔަތު ލިބޭ ގޮތަކަށެވެ. އަދި ވުޒާރާތައް ހިންގަން މިނިސްޓަރުންގެ ގޮތުގައިވެސް ތިބޭނީ ހަމަ އެ މެމްބަރުންނެވެ.

މީގެކުރިންވެސް ބައެއް ވޯޓުތަކުގައި މެމްބަރުން ވޯޓް ވިއްކާފައި ހުރިއިރު، ރަނގަޅު އިންވެސްޓަރެއް ލިބިއްޖެނަމަ ބޮޑުވަޒީރުކަމުގެ މަގާމު ހޯދުމަކީ ވަރަށް ފަސޭހަކަމެއްކަމަށް ކަމުގެ ތަޖުރުބާކާރުން ބުނެއެވެ. މިގޮތުން ރައްޔިތުންގެ ތާއީދު އެމީހަކަށް ނެތް ނަމަވެސް ބަރުލަމާނީ ނިޒާމުގައި މަޖިލީހުގެ މެންބަރުން ބޭނުންވާ މީހަކަށް މުޅި ގައުމުގެ ވެރިކަން ކުރެވެއެވެ. މާނައަކީ އެންމެ ހަތަރު ފަސް ސަތޭކަ ވޯޓުން މަޖިލީހަށް ހޮވޭ ބޭފުޅަކަށް ވެސް ގައުމުގެ ވެރިކަމަށް ވަޑައިގެންނެވިދާނެ ކަމެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކަ މިފަހުން ރައީސް ނަޝީދު ދައްކަވަން ފެއްޓެވީ ސަރުކާރުގެ ތެރޭގައި އެމަނިކުފާނުގެ ބާރު ގަދަކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަން ވަނީ ސީދާ ރައީސް ނަޝީދުވެސް ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

މާސްޓަރ

03-Sep-2021

މިހާރުވެސް އަބަދުވެސް ކުރާނީ މުއްސަދިން.



ޓްރެންޑިން