ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުފަށަން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުފަށަން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވީ، ރޭ ބޭއްވި ޖުމުހޫރީ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ލީޑާރ ޤާސިމް އިބްރާހީމާއި ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން، ޑެޕީއުޓީ ލީޑަރ އަމީން އިބްރާހިމް އާއި އެކު 29 ކައުންސިލް މެމްބަރުން ބައިވެރި ވެވަޑައިގެންނެވެ.

މިބައްދަލުވުމުގައި ޕާޓީގެ ރިޔާސަތުން ވަނީ ޕާޓީ ހަރަކާތްތަށް އިތުރުކުރުމަށް އަތޮޅުގެ ރަށްތަކަށް ދަތުރު ފަށަން ނިންމަވާފައެވެ. މި ދަތުރުތައް ވަރަށް އަވަހަށް ފެށޭނެކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.

މިބައްދަލުވުމުގައި ޕާޓީގެ ސުލޫކީ ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީން ހުސެވެފައިވާ މަގާމުތަކަށް ކުރިމަތިލާފަވާ ފަރާތްތަކުގެ އިންތިހާބް ބޭއްވިކަމަށާއި އަދި އެ ދެކޮމެޓީގެ މަސައްކަތް ފަށަފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ. އަދި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް މިވަގުތު އަލަށް އުފެއްދުމަށް ފެންނަ 10 ކޮމެޓީއެއް ވަނީ ހުށަހަޅާ، ކައުންސިލުން އެކަމަށް ރުހުންދީފައިކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ. މީގެއިތުރުން ކައުންސިލްގެ 15 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ 2 މެމްބަރަކު ހޮވުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަންވެސް ރޭގެ ބައްދަލުވުމުގައި ނިންމިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން