އަހުމަދު މަސްނޫމް   25 އޯގަސްޓު 2021 - 18:4
ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުން އައްޑޫއަށް ޒިޔާރަތްކުރުމުގެ ދައުވަތުދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއީ އެކި ދާއިރާތަކުން އައްޑޫގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ ގޮތުން ފަށާ މަސައްކަތެއްކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މިއަދު އައްޑޫއަށް ވަޑައިގަންނަވާނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އެޑްމިރަލް ރިޓަޔާޑު އަތާރް މުޚްތާރެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި 3 ދުވަސް އައްޑޫގައި ހޭދަކުރައްވާނެއެވެ. އަދި މިދަތުުރުފުޅުގައި ޕާކިސްތާން ސަފީރު ވަޑައިގެން އައްޑޫގެ ތަރައްގީއަށް ޕާކިސްތާން ސަރުކާރަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވާނެކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ސަފީރުގެ އިތުރުން އިންޑިއާއާއި ޗައިނާ އަދި ސްރީލަންކާ ސަފީރަށްވެސް އައްޑޫއަށް ވަޑައިގަތުމުގެ ދައުވަތު އަރުވާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ބޭރުގެ ސަފީރުން އައްޑޫ ސިޓީއަށް ގެންދިއުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން އުޅޭ މައްސަލައިގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން