މިރޭގެ ޕްރެސްގައި ދައްކާލި ގްރާފް
މިރޭގެ ޕްރެސްގައި ދައްކާލި ގްރާފް
އިތުރު މީހަކު ކޯވިޑް-19 އިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވީ މީހުންގެ ޢަދަދު 31 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު އިތުރު މީހަކު ކޯވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއެކު ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 31 އަރައިފައެވެ.

މަބްރޫކް މިރޭ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެތެރެއިން މިއަދު 331 ފަރާތެއް ހޯދިފައިވާ ކަމަށެވެ. 308 ތަނެއް މޮނީޓަރިންގެ ޙާލަތުގައި ހުރިއިރު، 352 މީހުން ޓްރާންސިޓް ފެސިލިޓީތަކުގައި އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން 99 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި، 87 މީހަކު މިއަދު ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި ހުއްދަ ނެތި މަގުމަތީ އުޅެގެން މިއަދު 104 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 12437 ސާމްޕަލް ނަގާފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 862 ސާމްޕަލް ކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން