ހައްދުންމަތީ ގަމުގެ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާއެވެ.

ސަރުކާރުން ޖުމްލަ 24.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު 365 ދުވަހުގެ ތެރޭގައި އެމްޓީސީސީއިން ނިންމަންޖެހެއެވެ.

މި މަޝްރޫއުގެ ދަށުން 25،791.00 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި ބަނދަރަށް ވަންނަ ނެރު ހެދުމަށް 4،317.00 ކިއުބިކް މީޓަރު ފުން ކުރުމާއި، 310 މީޓަރު އެއްގަމު ތޮށި ޖެހުމާއި، 360 މީޓަރު ސޭންޑް-ފިލް ބްރޭކް ވޯޓަރ ޖެހުން އަދި 128 މީޓަރ ބޮޑުހިލައިގެ ބޭރުތޮށްޓެއް ލުމާއި 17 މީޓަރ ސަބްމާރޖް ބްރޭކްވޯޓަރ 62 މޫރިން ރިންގު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 20 މޫރިން ބޮއި ހަރުކުރުމާއި، އެއްގަމުތޮށިން ބޭރުތޮށްޓަށް އެރުމަށް ބުރިޖެއް އެޅުމުގެ އިތުރުން 1550.00 އަކަމީޓަރު ޕޭވްމަންޓް ހެދުމާއި 24 މަގު ބައްތި ހަރުކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން