ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނެއްގެ އޯޑިއޯ ރެކޯޑިންގ އަޑު އެހޭގޮތް ހަމަޖައްސައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ޤާނޫނާއި ޤަވާޢިދުގެ އޯޑިއޯ ރެކޯޑިންގ ބަންޑާރަ ނާއިބުގެ އޮފީހުގެ ވެބްސައިޓްގައި ހިމަނާފައެވެ. މިއީ ރާއްޖޭގައި މިފަދަ ޤާނޫނަކާއި ޤަވާޢިދެއްގެ އޯޑިއޯ ސަރުކާރުގެ އިދާރާއެއްގެ ވެބްސައިޓަކުން އަޑުއަހާލެވޭގޮތަށް ހެދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނެއްގެ އޯޑިއޯ ރެކޯޑިންގ އަޑު އެހޭގޮތް ހަމަޖައްސާފައިވާއިރު ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވަނީ ޔޫއެންޑީޕީ މޯލްޑިވްސްއާއި އޮސްޓްރޭލިޔަން ހައިކޮމިޝަނުން އެކަމަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.



ޤާނޫނެެއްގެ އޯޑިއޯ ރެކޯޑިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ، ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އެޤާނޫނުތަކުގައި ހިމެނޭ ހައްޤުތަކާއި ރައްކާތެރިކަމުގެ މައުލޫމާތު އަޑު އަހާލެވި، އެފަރާތްތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމެކެވެ.

އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 36،000 އަށްވުރެ ގިނަ މީހުން ރާއްޖޭގެ އާބާދީގައި ހިމެނޭކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައީ ފެނުމުން މަހުރޫމްވެފައިވާ މީހުންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ 24 އިންސައްތައެވެ.



ކިޔުންތެރިންގެ ހިޔާލު