ދަރިވަރުންނަށް ހިންގާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ ފުރަތަމަ ޑޯޒް 30 ހާހަށްވުރެ ގިނަ ދަރިވަރުން ޖަހައިފިއެވެ.
ރާއްޖޭގައި އުޅޭ ކުޑަކުދިންގެ ތެރެއިން ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ 181 ސްކޫލަކުން ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން، މިހާތަނަށް 30109 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. މި އުމުރުފުރައިގައި ވެކްސިން ޖެހޭނެ ގާތްގަނޑަކަށް 40000 ދަރިވަރުން އުޅޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް 30 ހާހަށްވުރެ ގިނަ ދަރިވަރުންނަށް ވެކްސިން ދީފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިން ޖަހާ ނިންމާލުމެެވެ.
ދަރިވަރުންނަށް ވެކްސިން ޖެހޭނެ ގޮތް މަރުކަޒުތަކުގައި ހަމަޖައްސާފައި ވަނީ ކިއޫގައި ޖެހެން ނުޖެހޭ ގޮތަށެވެ. މިނިސްޓްރީން ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިއްބަވާނެކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަށް ކައިގެން ދިއުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު