ބަރުލަމާނީ ނިޒާމަކީ ހައްލެއްތޯ ބަލަންވެއްޖެކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ވައްކަމުގެ މައްސަަލަތަކަށް އިޝާރާތްކުރައްވައެވެ.
ދިޔާނާ ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ވައްކަމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށެވެ. އެގޮތުން ވެންޓިލޭޓަރުން ވައްކަން، އޮކްސިޖަން ޓޭންކްތަކުން ވައްކަން، ހޮސްޕިޓަލްގައި ލިފްޓް ބެހެއްޓުމުގެ މަސައްކަތުންވެސް ވައްކަމުގެ މައްސަލަތައް ފެންމަތިވެފައިވާކަން ދިޔާނާ ފާހަަގަކުރެއްވިއެވެ.
ދިޔާނާ ވިދާޅުވީ ވައްކަންތައް ހިނގަމުންދާއިރު، 5 އަހަރު ވަންދެން ޖަވާބުދާރީ ނުކުރެވި ބަލަހައްޓައިގެން ނުތިބެވޭނެކަމަށެވެ. އަދި ބަރުލަމާނީއަކީ ހައްލެއްތޯ ބަލަންވެއްޖެކަމަށް ދިޔާނާ ވިދާޅުވިއެވެ.
"ވެންޓިލޭޓަރުން ވައްކަން، އޮކްސިޖަން ޓޭންކުން ވައްކަން، ހޮސްޕިޓަލްގައި ލިފްޓް ބެހެއްޓުމުން ވައްކަން، ޓާފް އެޅުމުން ވައްކަން، ހުރިހާ ޕްރޮޖެކްޓްތަކުން ވައްކަން.. ހަމަ 5 އަހަރު ހަމަވަންދެން ޖަވާބުދާރީ ނުކުރެވި ބަލަހައްޓައިގެން ތިބެންވީތޯ؟ ނޫން... ބަރުލަމާނީއަކީ ހައްލެއްތޯ ބަލަންވެއްޖެ." ދިޔާނާ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކީ ހައްލެއްތޯ ބަލަންވެއްޖެކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ވަނީ ފަށްޓަވާފައެވެ. ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ލިބެމުންދާ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު