ކޯވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗުން އެކަހެރި ކުރި ނަރުހުންގެ އަދަދު 21 އަށް އަރައިިފިއެވެ.
މިކަން ހާމަ ކުރެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ކޯވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒެވެ.
އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވި ކަން އެނގުމާއެކު އޭނާއާ ކޮންޓެކްޓްވި ނަރުހުން އެކަހެރި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެ ނަރުހުންގެ ފުރަތަމަ ސާމްޕަލް ނަގާފައި ވާކަންވެސް ވަނީ އެނގިފައެވެ. އެކަން އައިޖީއެމްއެޗްގެ ޑރ. އަލީ ނަޒީމްވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޒީމު ވިދާޅުވެފައިވަނީ، މާބަނޑު އަންހެން މީހާއާ ކޮންޓެކްޓް ވެގެން 16 މީހަކު އެކަހެރި ކުރި ކަމަށެވެ. ނަމަވެސް މިއަދު މަބްރޫކު ވިދާޅުވީ އެ އަދަދު 21 އަށް އަރާފައި ވާކަމަށެވެ.
އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު މީހާ ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އޭނާ ވަނީ ޓްރީޓޮޕަށް ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު