ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެރިފައިކުރުމަށް މަޖިލީހުގެ އިދާރާއަށް ހުށައަޅަން ކޮމިޓީން ނިއްމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަމުގައި ވަގު އެކައުންޓުތައް ހުޅުވާ އެ މެމްބަރުންނާއި ގުޅޭގޮތުން ދޮގު ޚަބަރު ފަތުރަމުންދާ މައްސަލަ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ އިމްތިޔާޒްތަކާއި ސުލޫކު ކޮމިޓީން ވަނީ ހުށައަޅުއްވާފައެވެ. އެމައްސަލަ ސުލޫކު ކޮމެޓީން ބަލަން ފަށައި ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު މަޖިލީސް އިދާރާއާއި ގުޅިގެން މެމްބަރުންގެ އެކައުންޓުތައް ވެރިފައި ކުރުމުގެ މަސައްކަތް ފެށުމަށް ކޮމެޓީން ވަނީ ނިއްމާފައެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ކޮމިޓީއަށް މި މައްސަލަ ވަނީ ހުށައަޅާފައެވެ. އެފަހަރު މައްސަލަ ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަމީންއާއްމު ފާތިމަތު ނިއުޝާ އާއި މަޝްވަރާ ކުރަން އެފަހަރު ކޮމެޓީން ވަނީ ނިންމާފައެވެެ.

ކިޔުންތެރިންގެ ހިޔާލު