ސްޓެލްކޯގެ މައި އިމާރާތް ކައިރީގައި ދިރިއުޅޭ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ ސްޓެލްކޯ މައި އިމާރާތް ކައިރީގައި ހުންނަ ބޮޑު އިންޖީނުގޭގެ ސަަަބަބުން އުނދަގޫވެ، އެކި ބާވަތުގެ ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.

މާލޭ ސިޓީ ކައުންސިލުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސްޓެލްކޯ އިންޖީނުގެއިން ގެއްލުންވަމުންދާ މައްސަލައިގައި އެސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ސަރަހައްދަކަށް ބަދަލު ކޮށްދިނުމަށް އެދި ސިޓީ ކައުންސިލަށް ހުށަޅާފައިވާކަމަށެެވެ. އަދި ސްޓެލްކޯގެ މައި އިމާރާތް ކައިރީގައި ދިރިއުޅޭ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުުގައި އެކަމާމެދު މަޝްވަރާކުރުމަށްފަހުކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީކައުންސިލުން ބުނީ، ކައުންސިލްގެ ނިންމުން ސަރުކާރަށް ހުށަހަޅައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެކަމާއި ގުޅޭގޮތުން ފޮނުވަންޖެހޭ ލިޔުންތައް ފޮނުވާނެކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯ ކައިރީގައި ހުރި ގިނަ ގެތަކަކީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ސަލާމީ ކަންތައްތައް ވަރުގަދަ ކުރުމަށް އެސަރަހައްދުގައި ހުރި ބައެއް ގޯތިތައް ދައުލަތަށް ނެގުމަށްފަހު ބަދަލުގެ ގޮތުގައި ދީފައިވާ ގޯތިތަކެކެވެ.

ސްޓެލްކޯގެ ސަަބަބަބުން ވަމުންދާ އުނދަގުލުގެ ސަަަބަބުން އެސަރަޙައްދުގައި އުޅޭ މީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އަދި އެ މައްސަލައާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމުވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވައިފައެވެ.

ސްޓެލްކޯ ކައިރީގައި އުޅޭ މީހުން ބުނާގޮތުން މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ޖަނަރޭޓާރުތައް ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި، ދުން ހޮޅިތައް ހުރިލެއް ތިރިކަމުން ޖައްވުގައި ހުންނަ ތެޔޮވަސް ދުވައި، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ ސިއްްހީ އެކި މައްސަލަތައް ކުރިމަތިވަމުން އަންނަކަމަށެވެ.

މާލޭ އިންނީނުގެ ސަރަހައްދުގައި ދިރިއުޅޭ މީހުން ހުޅުމާލެއަށް ބަދަލު ކުރަން ސިޓީ ކައުންސިލުން ނިންމިއިރު ސްޓެލްކޯއިން މިހާރުވެސް ގެންދަނީ މާލޭގެ އިންޖީނުތައް ނިއްލާލާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގްރޭޓާ މާލެ ކަރަންޓް ވިއުގަ އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކަމާ ހަމައަށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު


1

ޑަންޑަނާ

03-Sep-2021

ޖެއްސުން ކޮށްފަ ބަހައްޓާ. ސަރުކާރަށް ޖެއްސުން ކޮށްގެން މުއިއްޒު އަށް ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނެ