ހުޅުމާލެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރެވޭނީ ބަޖެޓް ލިބިގެންކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެވޭނީ ބަޖެޓް ލިބިގެންކަމަށާއި ބަޖެޓް ހޯދުމަށް ސަރުކާރުގެ ތެރެއިން މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެކަމަށް ހައްލު ހޯދައި ދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނުން ދޫކޮށްފައިވާ ބާރުތަކުގެ ތެރެއިން ހުޅުމާލޭގެ އިޚްތިޞާސްގައި ހިމެނޭ އެންމެހައި ކަންކަން ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. ނަމަވެސް ހުޅުމާލެއަކީ އެޗްޑީސީގެ ބެލުމުގެ ދަށުން ހުރިހާ ޚިދުމަތެއް ދެމުންދާ ތަނަކަށްވާއިރު، ޤާނޫނުގައި ސިޓީ ކައުންސިލަށް ދީފައިވާ ބާރުތައް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ދަނީ ސިޓީ ކައުންސިލުން ފާޅު ކުރަމުންނެވެ. އަދި އެކަންކަން ހައްލުކުރުމަށް ޤާނޫނުތައް ބަދަލުކުރުމަށްވެސް މާލޭ މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.
މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުމަށް 70 މިލިޔަން ރުފިޔާ ބޭނުންވާއިރު އެފައިސާ ބަޖެޓްގައި ނެތްކަމަށެވެ. އަދި މާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމަށް ސިޓީ ކައުންސިލަށް ކަނޑައަޅާފައިވާ 17 މިލިއަން ރުފިޔާގެ ބަޖެޓުން ހުޅުމާލޭގައި މިހާރު ދެމުންދާ ޚިދުމަތްތައް ނުދެވޭނެކަމަށްވެސް އަލީ ނިޔާޒް ވިދާޅުވިއެވެ.
މެމްބަރު ނިޔާޒް ވިދާޅުވީ މިއަހަރުގެ ބާކީބައިގައިވެސް ސިޓީ ކައުންސިލްގެ ދައުރެއް އޮންނަ ގޮތަކަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދެވޭނެ ފަދަ އެއްބަސްވުމަކަށް މަޝްވަރާ ކުރެވެމުންދާކަމަށެވެ.
ހުޅުމާލޭގައި ސިޓީ ކައުންސިލްގެ އިހުތިސާސްް ނުހިނގާކަމަށް ބުނެ ސިޓީ ކައުންސިލުން އަންނަނީ ތަކުރާރުކޮށް ޝަކުވާކުރަމުންނެވެ. އަދި ހުޅުމާލޭގެ ބާރުތައް ސިޓީ ކައުންސިލަށް ދޭން ސަރުކާރުން ފަސްޖެހެނީ ޕީޕީއެމްގެ މެޖޯރިޓީ އެކައުންސިލުގައި އޮތުމުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު