އެހެން ދާއިރާތަކެކޭ އެއްގޮތަށް ކުޅިވަރުގެ ދާއިރާއިންވެސް ހުރިހާ އެންމެނަށް ފުރުޞަތުތައް ހުޅުވާލެވިފައި އޮންނަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވީ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ޓީމަށް މަރުހަބާ ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ޝާމިލުވާނެހެން ހުރިހާ އެންމެންނަށް އެހެން ދާއިރާތަކެކޭ އެއްގޮތަށް ކުޅިވަރުގެ ދާއިރާއިންވެސް ފުރުޞަތު ލިބެންޖެހޭނެކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޓީމެއް ބައިވެރިވުމަކީ ލިބިގެންދާ ޝަރަފަކާއި ފަޚުރެއްކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.



ޖަޕާނުގައި މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 5 ވަނަ ދުވަހަށް ބާއްވާ ޕެރަލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ފުރުޞަތު ލިބިފައި ވަނީ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމަށެވެ. ގޭމްސްގައި މުޙައްމަދު މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ ދުވުމުގެ އިވެންޓްތަކުގެ ތެރެއިން 100 މީޓަރ ސްޕްރިންޓުގައެވެ.



ކިޔުންތެރިންގެ ހިޔާލު