މާލެ، ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިދޭ ތިލަމާލެ ބުރިޖުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެކަށީގެންވާ ރަނގަޅު ބަދަލެއް އަންނަތަން ފެންނާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ބުރިޖުގެ ސަބަބުން މާލެ ވިލިމާލެއާއި ތިލަފުއްޓާ ދެމެދުގައި، ދަތުރުކުރުމުގެ ދަތިތަކަށް ހައްލު ލިބި ދަތުރުފަތުރުގެ ނިޒާމު ވެސް ހަރުދަނާވެގެންދާނެ ކަމަށެވެ.

ބްރިޖް މަޝްރޫއަކީ އިގްތިސޯދަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މަޝްރޫއުގެ ސަބަބުން އެތައް ގޮތަކުން ފައިދާވާނެ ކަމަށާއި، ވަކިން ހާއްސަކޮށް މާލެ ސަރަހައްދަށް ތަރައްގީ ލިބިގެންދާނެ ކަމަށެވެ.

އަދި މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ބްރިޖް މަޝްރޫއުގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން އެތައް ގޮތަކުން ފައިދާ ވާނެ ކަމަށާއި، ވަކިން ހާއްސަކޮށް މާލެ ސަރަހައްދަށް ތަރައްގީ ލިބިގެންދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާއެވެ. ބުރިޖުގެ މަޝްރޫއުގެ ދަށުން ފުން ހިސާބުތަކުގައި 141 މީޓަރުގެ މެރިން ވިއަޑަކްޓާއި ތިލަ ހިސާބުތަކުގައާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އެޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިމަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާއިރު ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރުމަށް ވަނީ ނިއްމާފައެވެ. އަދި ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ޑެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތަ ކަމަށް ސަރުކާރުން ބުނެ އެވެެ. މި މަޝްރޫއު ދަށުން ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން