ޑރ. އަަފްޒަލް
ޑރ. އަަފްޒަލް
ކޯވިޑް-19 ޖެހިގެން ޖުމްލަ ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަމަށް ޓެގް ގެ ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އަފްޒަލް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ތިންމީހަކަށް ފަރުވާދެމުން ދާއިރު އޭގެތެރެއިން ދެމީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ.

އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް ފަރުވާދެމުންދާ ކަމަށާއި މި 11 މީހުންގެ ތެރެއިން ދެމީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ދެމީހުންގެ އުމުރަކީ 70 އަހަރާއި 88 އަހަރެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ދެމީހުންގެ އުމުރަކީ 54 އަހަރާއި 29 އަހަރެވެ. މި ދެމީހުންނަކީ ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން