ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ހަދާ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތަކީ އެމްޑީޕީން ކުރާކަމެއް ނޫންކަމަށާއި އެކަން ކުރަނީ އަމިއްލަ ޖަމާއަތަކާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނުގައި ސޮއިކުރަނީ އެމްޑީޕީއަކުން ނޫން ކަމަށެވެ. ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދާ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން އެމްޑީޕީގެ އޮފީހަކު ނުކުރާ ކަމަށާއި، އެހެން ނަމަވެސް ޕާޓީގެ ބައެއް މެމްބަރުންގެ އެދުމުގެ މަތިން އެޕާޓީގެ ހަރުގެ އެ ހަރަކާތަށް ބޭނުންކުރަމުންދާ ކަމަށް ހަސަން ވިދާޅުވިއެެވެެ.

"އެމްޑީޕީން އެންޑޯޒް ކޮށްގެން ބަރުލަމާނީ ޕެޓިޝަނެއްގައި ސޮއިކުރުން ކުރިއަށް ގެންދާ ނަމަ ހަރުގޭގެ ތެރޭގައި އެހާ ފަނޑު ގޮތަކަށް އެކަން ކުރިއަށް ނުގެންދާނެ." ވަރަށް ފިނި ތަރުހީބެއް ލިބެމުންދާ، އަދި ދެބައިވެފައިވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ މެންބަރުން އިސްކޮށް ހަރަކާތްތެރިވެވަޑައިގެން ސޮއި ހޯދުމަށް މަސައްކަތް ކުރާ ޕެޓިޝަކީ އެމްޑީޕީއާ ބެހޭ އެއްޗެއް ނޫންކަން ހާމަކުރަށްވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.

ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމަށް ފޮޓޯކޮޕީ ނެގުމާއި އެހެނިހެން ގޮތްގޮތުން ޕެޓިޝަނުގެ މަސަައްކަތަށް އެމްޑީޕީން އެހީވާން އެޕާޓީގެ މެމްބަރުން އެދުނު ނަމަވެސް އެކަން އެގޮތަށް ކޮށްނުދެވޭނެ ކަން ވެސް އެޕާޓީން ވަނީ އަންގާފައެވެ.

އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން