އިދިކޮޅު ޕީޕީއެމްގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ނުކުރާ އަދި ހިސާން ހުސައިން ސްޕޮންސަރުކޮށް މަޖިލީހަށް ހުށައެޅި ނަފްރަތާއި ގުޅޭ ބިލަށް ތާއީދު ނުކުރާ މެންބަރުން ޖުމްހޫރީ ޕާޓީއަށް ބަދަލުވަމުންދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްފައި އޮންނަ ވަޓްސްއަޕް ގުރޫޕްގައެެވެ. ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ އަކީ ވަކި ޕާޓީއެއްގެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ނުކުރާ އަދި ހިސާން ހުސައިން ސްޕޮންސަރުކޮށް މަޖިލީހަށް ހުށައެޅި ނަފްރަތާއި ގުޅޭ ބިލަށް ތާއީދު ނުކުރާ މެންބަރުން ޖުމްހޫރީ ޕާޓީއަށް އެބަ ބަދަލުވާ ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ޕީޕީއެމްގެ ކޮންކޮން މެންބަރުންނެއް ޖުމްހޫރީ ޕާޓީއަށް ބަދަލުވާ ވާހަކަ ކަމެއް ހާމައެެއް ނުކުރައްވައެވެ.

ނަފްރަތުގެ ބިލަށް ޕީޕީއެމް ރުހޭނަމަ އެކުގައި ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން މި މަގުން ކަންތައްތައް ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތަށް އިދިކޮޅު ކޯލިޝަނުން ވަނީ ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން