އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއެކު ބަރުލަމާނީ ނިޒާމް ރަށްމެދަށް ވިހާފައިވާ ކަމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނާއިބް މުގައްރިރު، ޝުއައިބު އަލީ ( ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެެެރިވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝުއައިބު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ހަދާ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތަކީ އެމްޑީޕީން ކުރާކަމެއް ނޫންކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ދެެއްކެވި ވާހަކަތަކަށް އިޝާރަތް ކުރައްވަމުންނެވެ.

ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވުމުން އެމްޑީޕީން ވަކިކޮށްފައިވާ ޝުއައިބު އަލީ ވިދާޅުވީ ބަރުލަމާނީ ޕެޓިޝަނާއި އެމްޑީޕީން ހަވާލު ނުވި ކަމަށާއި، އެ ޕެޓިޝަނާއި ހަވާލުވާނެ އިތުރު ޕާޓީއެއްވެސް ނެތް ކަމަށެވެ. އަދި ރައީސް ނަޝީދާއެކު ބަރުލަމާނީ ނިޒާމް ރަށްމެދަށް ވިހާފައިވާ ކަމަށް ޝުއައިބު ވިދާޅުވިއެވެެ. ބޮޑުވަޒީރަކީ ރައީސް ނަޝީދުގެ "ބަނޑުން" ވިހޭ ދަރިއެެއް ކަމަށްވެސް ޝުއައިބް ވިދާޅުވިއެވެ.



"ބޮޑުވަޒީރު ވިއްސި ފޫޅުމަޔަކީ ބޮންޑާ." ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅާ ޕެޓިޝަން ތައްޔާރުކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވައި އެކަމުގައި އިސްކޮށް އުޅުއްވާ ރައީސް ނަޝީދުގެ އަރިސް ބޭފުޅެެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް އިޝާރަތް ކުރައްވަމުން ޝުއައިބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވެސް މިހާރު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެމަނިކުފާނު ތާއިދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް އެކަނި ކަން ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ހަރުގެ ޕެޓިޝަންގެ ހަރަކާތަށް ދޫކޮށްފައިވާއިރު އެޕާޓީގެ ގުނަވަންތަކުގެ ރަސްމީ ޓުވީޓާއެކައުންޓުން ބަރުލަމާނީ ކެމްޕޭން ހުއްޓުމެއް ނެތި ކުރަމުންދިޔަ ނަމަވެސް އެ ޕެޓިޝަނަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ. އެ ޕެޓިޝަނަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތާއިދު ވެސް މިހާތަނަށް ލިބިފައެެއްނުވެއެވެ. ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން މަދު މެންބަރުންކޮޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން