ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން.
ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން.
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ޚާރިޖީ ވަޒީރު ވިދާޅުވީ، މިއީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއްކަމަށެވެ. ޚާރިޖީ ވަޒީރު ޝާހިދަކީ ރައީސް ޞާލިޙުގެ މި ވަޢުދު ހަގީގަތަކަށް ހައްދަވައި ދެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ވަޒީރެވެ.

އިންޑިއާގެ މާލީ އެހީއާއެކު އަޅާ މި ބްރިޖަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެއާ ގުޅިފައިވާ، ބިޔަ މަޝްރޫއެކެވެ. އަދި މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ، އުމްރާނީ ތަރައްޤީގެ އެންމެ ބޮޔަ އަދި ބޮޑު މަޝްރޫޢަށެވެ.

ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗަރާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެއެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުންނެވެ.

މިނިސްޓަރ ޝާހިދުގެ މިބަސްފުޅުތަކާއި ގުޅިގެން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިޔަކަށްވުމީ އިންޑިއާއަށް ލިބޭ ފަޚުރެއްކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އިސްކަން ދޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ބެއްޔާ

03-Sep-2021

ކަލޯ ކާޕޭްޓް ބޭ!! ލޯނު ފައިސާގެ އިތުރަށް ކިތައް ރަށް ދިނީ؟؟ ކިހާ އަދަދަކަށް އިންޑިޔާ ސިފައިން ތިބޭ ތިތަން ބަލަހައްޓަން؟؟



ޓްރެންޑިން