ޝައިޚް މުޙައްމަދު އަނިލް
ޝައިޚް މުޙައްމަދު އަނިލް
2023 ފިޔަވައި އެހެން އެއްޗެއް ނުފެންނަ މީހަކަށް ކޯވިޑް-19 އެއްވެސް ރައްޔިތުންގެ އިހުސާސެއްވެސް ގައުމީ މަސްލަހަތެއްވެސް މުހިންމު ނުވާނެ ކަމުގައި ޝައިޚް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ދީނީ ޢިލްމްވެރިޔާ އަނިލްގެ މިވާހަކައިގައި މިއިޝާރާތް ކުރައްވަނީ ކަނަޑައެޅިގެން ކޮން ފަރާތެއްގެ ވާހަކަކަން ވިދާޅުވެދެއްވާފައި ނެތް ނަމަވެސް އޭނާގެ މި ބަސްކޮޅު މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންނަށާއި އިދިކޮޅު ފަރާތްތަކަށްވެސް ނިސްބަތް ވެއެވެ.

ޝައިޚް އަނިލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދޮގުހަދައިގެން ވިޔަސް 2023 އަތުޖެހުމަށްވުރެ "އޭނަޔަށް" މުހިންމު އެހެން ކަމެއް ނެތް ކަމަށެވެ.

"2023 ފިޔަވައި އެހެން އެއްޗެއް ނުފެންނަ މީހަކަށް ކޯވިޑް-19 އެއް، ރައްޔިތުންގެ އިހްސާސެއް، ގައުމީ މަސްލަހަތެއް މުހިންމެއް ނުވާނެ. ދޮގުހަދައިގެން ވިޔަސް 2023 އަތުޖެހުމަށްވުރެ އޭނާއަށް މުހިންމު އެހެން ކަމެއް ނޯންނާނެ." ޝައިޚް އަނިލް ވިދާޅުވެފައިވެއެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ރާއްޖޭގައި ދެން އޮންނަ ރިޔާސީ އިންތިޚާބެއް އޮންނާނީ އަނިލް އެއިޝާރާތް ކުރައްވާ 2023 ވަނަ އަހަރުގައެވެ. އަނިލްގެ މި ވާހަކަ އަމާޒު ކުރައްވާފައި އެވަނި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކޮންމެވެސް ފަރާތަކަށެވެ. މިހާތަކަށް ގިނަ ބައެއްގެ އަންދާޒާތައް ހުރި ގޮތަށް ބަލާއިރު އެމްޑީޕީން 2023 އަށް ނުކުންނަވާނީ ރައީސް ނަޝީދުކަން ވަރަށް ބޮޑަށް ޔަގީން ވެއެވެ. އެފަދަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ޞާލިޙް މިހާރުވެސް އެކުރައްވަނީ ރައީސް ނަޝީދުގެ ރިޔާސީ ޓިކެޓުގައި ކުރިމަތިލެއްވީމާ ލިބިވަޑައިގެންނެވި ވެރިކަމެކެވެ. މިހާނަތަށް ގިނަބައެއްގެ އަންދާޒާއިން ރައީސް ޞާލިޙް އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަން ކަށަވަރުވެއެވެ.

އިދިކޮޅުން ނުވަތަ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުންނަވާނެ ބޭފުޅެއްގެ އެއްވެސް ވަރެއްގެ އަންދާޒާއެއް އަދި ނެތެވެ. ރައީސް ޔާމީނަށް އެފުރުސަތު ދެން ލިބިވަޑައިގަތުމަކީ ނާދިރު ކަމެކެވެ.

އަނިލްގެ ޓްވީޓް ނިންމަވާލައްވާފައިވަނީ "އަދުގެ ސަރުކާރުން ކޯވިޑް-19 އާއި ގުޅިގެން އަޅުއްވާ ފިޔަވަޅު ތަކުގައި ބަރަކާތް ލެއްވުމަށް އެދި " ދުޢާ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


16

ޖާބިރުބެ

13-May-2020

ކަލޭމެނަށް ވަރަށްއަސަރު ކުރާނެ ދީނީއިލްމްވެރިޔަކު ބަސްފުޅެއް ވިދާޅުވާއިރަށް އެހެންވެ ލާދީނީއޭމިކިޔަނީ


2

އަލީ

12-May-2020

އިލްމުވެރިއެއްނަމަ ނުސީދާކޮށް މީހަކަށް ނިސްބަތްކޮށް އެއްޗެކޭ ނުބުނާނެ. ބުނާވާހަކަޔާމެދު ޝައްކުކަމެއްނެތްނަމަ އަދި ބިރެއްނެތްނަމަ ސީދަލަށް ބުނާނީ. އިލްމުވެރިން ބިރުވެތިވާނީ ހަމައެކަނި ﷲ އަށް. މަޝްހޫރުވާން އެކިކަހަލަ ވާހަކަ ދައްކާމީހުންނަކީ އިލްމުވެރިންނޭ ކިޔާނީ ޖާހިލުން.


2

ރަމީޒު

12-May-2020

އައްޑޫ މީހުން އަދިވެސް ތިބޭ މި މީހުން ދައްކާ ދަޅަތަކަށް ހެއްލިފަ.. މީ އަސް ލު އައްޑޫ މީހުން އޮޅުވާލައިގެން ޕާރޓީ ވިޔަފާރި ކުރާ ބައެއް.. އެމީހުންގެ ބޮޑުންނާއި ގާތްތިމާގެ މީހުން އެތިބީ ބޮޑެތި ވަޒީފާގައި ދައުލަތުގެ ބަޖެޓުން ކައިގެން.. އައްޑޫ މީހުން ބަލިން ސަލާމަތްވާނެ ގޮތެއްނެތިފައި ޓެސްޓު ނެހެދިފައި. އެކަމަކު އެމްޑީޕީ ހޮވަން އެންމެ ބޮޑު ތާއިދެއް ފެށުނީއްސުރެން ކުރަނީ އައްޑޫގެ ރައިޔަތުން ވިސްނާފައި މިކަން ކަން ހައްލުކުރުމަށް ގޮތްބަދަލު ކުރަން ވެއްޖެ.. މީއީ އަހަރުމެންނަށް މަންފާއަށް ކަން ކުރާނެ ބަޔަކަށް ދެކުން އެއީ ގޯހެއް.. އޭރަކަކު އެންމެ ބޮޑު ކަންކޮންދޭން ބުނާ ބަޔަކާއި ބައިވެރިވާންވީ.. އެމީހުން ނުކޮށްފިނަނަމ އެމީހާ ދޫކޮށް އަނެއްމީހާޔަށް ބަދަލުވާންވީ.. މީ ވަކި ކުލަޔަކަށް ގުރުބާން ވީ ކަމެއް ނޫން.. ރަށަށް މީހުންނަށް އަތޮޅަށް އެންމެފައިދާ ބޮޑުގޮތް އެއީ އެންމެ ރަގަޅު ގޮތް.. ވަކީ ÷÷ޟ, ޟޑP, ޑޜP, ޛP, ާP އެއް ނޯންނާނެ.. ދަ މޯ ޔޫ ގިވް ދަމޫ ވީ އެކްސެޕްޓް ޔޫ..


2

ރައިޔަތުން އަހުމަދު

12-May-2020

އަދިވެސް އަންނި އަށް ސަޖިދަ ޖަހާ.. އޭނާ ނޫނީ އައްޑުއަށް ހެޔޮއެދޭ މީހަކުނެތް ކަމަށް އައްޑޫމީހުން ދެކުނީ.. މިހާރު އެގިއްޖެ ތޯ.. އަސް އެމީހުންގެ ސިފަ.. މާލޭ މީހަކަށް ފިޔަވައި އެމީހުން ހެވެއް ނޭދޭނެ.. އައްޑޫމީހަކަށް ދައުލަތުގެ ވަޒީރުކަމެއް ޕާލަމެންޓްުގެ ނައިބުރައީސްކަމެއް ދިނުން އެއީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް އެމީހުްނ ދެކެނީ.. އައްޑޫ އިންޑިޔާއަށް ދީފައި އެތިބީ ހެވިފައި.. އިންޑިޔާ މީހުން މުސްލިމުން މަރާގޮތް ފެނުނަސް ދެރަވޭ.. ހިތައް އަސަރުކުރޭ.. އެ އިންޑިޔަނުން އަހަރުމެން ނަށް ކިހިނެއް ހަދާނެ..


1

މުސާ

12-May-2020

އަނިލް އަކީ މޮޅުދީނީ އިލްމުބވެރިޔެއް ސިޔާސަތުވެސް އެނގިވަޑައިންނަވާ ކުޅަދާނަ ބޭފުޅެއް


3

ޖުހާ

12-May-2020

އޭސިޔާސީއިލްމުވެރިން


10

މިރުސް

12-May-2020

އަނިލް އަކީ ސިޔާސީ ދީނީއިލްމުވެރިއެއް ދެންބުނާނެ އެއްޗެއްނެތް


5

ދާއިރާ

12-May-2020

% 100 ޞާޜާާޞާޜޫ ވާހަކަފުޅެއް ޝެއިޚް އެވިދާޅުވީ ނަޝިދަކަސް ޔާމީނަކަސް ޕޕ އަކަސް މޑޕ އަކަސް ޛ÷ އަކަސް ނިސްނަތްވާ މީހަކަށް ނިސްބަތް ވާންވީ


7

ސަ,މާ

12-May-2020

ރެޑްވޭވް ސަލީމް ވެސް އަނގަ އެއް އޮވޭ ރައްޔިތަކަށް ކޮން ކަމެއް ކޮށްދިނީ އޭނާގެ ވިޔަފާރިވެސް އެބަބހިނގާ މިދަނޑިވަޅު ކޮވިޑް 19 އަށް އެއްވެސް އެހީ އެއް ވިތޯ ނިކަން އަހައިލަބަލަ


4

ސަ,މާ

12-May-2020

ރެޑްވޭވް ސަލީމް ވެސް އަނގަ އެއް އޮވޭ ރައްޔިތަކަށް ކޮން ކަމެއް ކޮށްދިނީ އޭނާގެ ވިޔަފާރިވެސް އެބަބހިނގާ މިދަނޑިވަޅު ކޮވިޑް 19 އަށް އެއްވެސް އެހީ އެއް ވިތޯ ނިކަން އަހައިލަބަލަ


-1

މުރުސިދު

12-May-2020

100 ގެ ވާހަކަ އެއް އެކިޔާ އިދިކޮޅުން މި ބޮޑުކާރިސާވހާލަތުގަ ކޮންކަމެއް ކޮއްދިނީ ފިތުނަ ފަސާދަ އުފެއްދުން ނުން ކްމެއް ނުކުރޭ


6

ހައްދު

12-May-2020

ސިޔާސީ އާލާތް ވަރު ނުވިސްނާނެ ގައުމަކަށް ރައްޔިތަކަށް މިހާލަތުގަވެސް ބައިބައި ކޮށް ގައުމު ބިކަކޮށްލެވޭތޯ އެބަލަނީ


9

ހަސަނު

12-May-2020

ވަރަށް ރަނގަޅު ވާހަކަ އެއް ޝެއިހް ތިޔަ ވިދާޅުވީ



ޓްރެންޑިން