އަފްޣާނިސްތާނުގެ ކާބުލްގެ އެއާޕޯޓް ކައިރީގައި ދެބޮން ގޮއްވާލައިގެން ދިން ހަމަލާގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން، ފޮރިން މިނިސްޓަރ އަދި އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އެހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކައިރީގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި 170 މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި އެމެރިކާގެ 13 ސިފައިން ވެސް ހިމެނެއެވެ.

އަފްޣާނިސްތާނުގައި ހިނގަމުން އައި ވެރިކަން ވައްޓާލައި އެގައުމު މިހާރު ވަނީ ހަނގުރާމަވެރި ތާލިބާނު ޖަމާއަތުގެ ބާރުގެ ދަށައް ގެނެސްފައެވެ.

ކާބުލް އެއާޕޯޓު ކައިރީގައި ޖާނުގޮއްވާލައިގެން ދިން ހަމަލާތައް ކުށްވެރިކުރައްވައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ވަނީ މިޙަަމަލާތަކުގައި މަރުވި މީހުންނަށް ހެޔޮ ދުއާކުރައްވައި، އެމީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ. އަދި ނިރުބަވެރިކަމާއި ދެކޮޅަށް މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކާބުލް އެއަރޕޯޓް ސަރަހައްދުގައި އިއްޔެ ދިން ޙަމަލާތަކުގައި އަފްޣާންގެ 79 މީހަކު މަރުވެ 120 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން