ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ސޮއިކުރަމުން ވެންދާ ޕެޓިޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބޮޑުބޭބޭފުޅު މޫސާ ސާލިހު ސޮއިކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އެކަމަށް ރައީސް ސާލިހުގެ ތާއިދެއް ނެތްކަން ވަނީ ހާމަވެފައެވެ. އަދި އެއީ އެމްޑީޕީން ކުރިއަށްގެންދާ މަސައްކަތެއް ނޫންކަމަށް އެޕާޓީންވެސް ވަނީ ބުނެފައެވެ.

ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރައްވާ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ ބަރުލަމާނީ ޕެޓިޝަންގައި ރައީސް ސާލިހުގެ ބޮޑުބޭބޭފުޅު މޫސާ ސާލިހުވެސް ސޮއިކުރައްވާފައިވާކަމަށެވެ. އަދި ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުމަކީ ސަރުކާރާއި ދެކޮޅު ކަމެއް ނޫންކަމަށް ތަކުރާރުކޮށް ދަންނަވާކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.



ރައީސް ސާލިހުގެ ބޮޑުބޭބޭފުޅު މޫސާ ސާލިހަކީ 30 އަހަރަށްވުރެ ގިނަ ދުވަހު އެއާޕޯޓްސް ކޮމްޕެނީއަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ކޮންސަލްޓެންޓެއްގެ މަގާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން