ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ހުއްޓުނީ ކީއްވެތޯ ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައިސް ރީކޯ މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.

މޫސަ ވިދާޅުވީ ‏ވަރަށް ގިނަ ދުވަހު ޓްވީޓްތައްކޮށް، ލައްކަ މަސައްކަތް ބަޔަކު ކުރި ފަހުން ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީންގެ ބަޔަކު ސަރުކާރުން ފޮނުވާލަން މަސައްކަތް ފެށިކަމަށެވެ. އަދި އެމަސައްކަތް ފެށުމަށްފަހު އެކަމަށް އަޅާލާނެ، އެވާހަކަ ދައްކާނެ މީހުން ނެތީމަ އެކަންވެސް ހުއްޓުނީ ބާވައޭ ހިތަށްއަރާކަމަށް މޫސަ ވިދާޅުވިއެވެ.



ކޮވިޑް-19ގެ ސަބަބުންނާއި، އެމީހުން ބައިތިއްބާނެ ތަނެއް ނެތުމުގެ ސަބަބުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މީގެ ކުރިން ހިންގި ހަރަކާތް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. ނަމަވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބާނެ ތަނެއް އިކޮނޮމިކް މިނިސްޓްރީގެ އެހީގައި ހަމަޖެހިފައިވުމާއެކު، އެމަސައްކަތް އަލުން ފަށާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ކުރިން ބުނެފައެވެ.

އެގޮތުން މިދިޔަ މޭމަހު އަލުން އެމަސައްކަތް ފެށިއިރު އިސްކަން ދިނީ ކޮވިޑާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ވަގުތުގައި ހުއްދައާ ނުލައި ބޭރުގައި އުޅޭ ބިދޭސީންނާއި ވޯކް ވިސާ ނެތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން