2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމުގެ ފުރުސަތު އޭރު އޮތް ސަރުކާރަށް ނުލިބުނީ ގާނޫނުތައް އޮތްގޮތުންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް، އިބުރާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރައްދު ދެއްވައިފިއެވެ.

އިބްރާ މިހެން ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ރައީސް މައުމޫން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އަހަރެއްހާ ދުވަސްވެފައިވާ ޓްވިޓަކަށް ރައްދު ދެއްވި ސަބަބެއް އިބްރާ ވިދާޅެއް ނުވެއެވެ.

ރައީސް މައުމޫން އޭރު ކުރެއްވި ޓްވީޓަކީ، ރައީސް މައުމޫނަކީ ވޯޓު އޮޅުވާލާފައިވާ ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓުގައި މައުމޫން ވަނީ 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލިއިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެގެންތޯ ވިދާޅުވެ ސުވާލު ކުރަށްވާފައެވެ.

މައުމޫންގެ އެ ޓްވީޓަށް އަހަރެއްހާ ދުވަސް ފަހުން ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން އިންތިހާބުތައް އޮޅުވާލަން އުނދަގޫވީ ގާނޫނުތަކަށް ގެނައި ބަދަލު ތަކުގެ ސަބަބުންކަމަށެވެ. އެގޮތުން ވޯޓާސް ލިސްޓް އާއްމުކުރުމާއި، ވޯޓްލާ މަރުކަޒުގައި ވޯޓު ގުނުންފަދަ ބަދަލުތަކަކީ ވޯޓު އޮޅުވާލުމަށް އުނދަގޫވި ސަބަބުތައްކަމަށް އިބްރާ ވިދާޅުވިއެވެ.



ރައީސް މައުމޫންގެ ވެރިކަމުގައި ބާއްވާފައިވާ އިންތިޚާބު ތަކުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ރައީސް ނަޝީދު އަބަދު ވެސް ތުހުމަތު ކުރަށްވައި ވާހަކަ ދައްކަވަމުން ގެންދަވާއިރު ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާއި މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓުވެސް އޮޅުވާލާފައިވާ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އަދި ރައީސް މައުމޫން ބަލިވެވަޑައިގެންނެވި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ އެމަނިކުފާނަށް އޮޅުވާނުލެއްވޭ ހަމައެކަނި ވޯޓުކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ބިރުބޮޑު

01-Sep-2021

ބަލައިބްރާ 2008 ގައި ވޯޓް އޮޅުވައިލާގެން ވެރިކަމަށްއައީ އެމްޑީޕީ އެކަންސާބެކުރީ ޑާޓާބޭސް އޮޅުވައިލާގެން ވަރަށްސާފް



ޓްރެންޑިން