ސްޓެލްކޯއިން ފޯރުކޮށްެދޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ބަންދުކޮށްފައިވާ މަގުތައް ހުޅުވަން ކޯޓުން އަންގަވައިފިނަމަ، އެ ނިންމުމަށް ތަބާވާނޭކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައި މިވަނީ ސްޓެލްކޯއިން ބަންދުކޮށްފައިވާ މާލޭގެ ބައެއް ސަރަޙައްދުތަކުގެ ގޯޅިތަކާ މަގުތައް ހުޅުވާލުމަށް ކޯޓަށް ދާންޖެހޭނަމަ އެކަންވެސް ކުރައްވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެނެވެ.

މޭޔަރ ވިދާޅުވީ މިގޮތަށް ބަންދުކޮށްފައިވާ މަގުތަކާ ގޯޅިތަށް ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ލިޔުމުން އަންގާފައިވާނެކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ސްޓެލްކޯއިން ބުނެފައިވާކަމަށެވެ.

”އެފަރާތުން ޖަވާބުދެނީ ހުޅުވާނުލެވޭނެކަމަށް. ހުޅުވާލީމަ މާލޭގަ ކަރަންޓް ދިނުމަށް ހުރަސްތަކެއް ހުރިކަމަށް." މޭޔަރ ވިދާޅުވިއެވެ.

”މިހާރު ކައުންސިލުން ނިންމާފައިވަނީ ކޯޓަށް ދިއުންވެސް ހިމެނޭގޮތަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން." މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޖީނުގެތަށް ހުންނަންޖެހެނީ މީހުން ދިރިއުޅޭ ސަރަޙައްދާ 200 ފޫޓު ދުރުގައިކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ސްޓްކޯއިން ބުނިީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތެއް ދޭން އެ ކުންފުންޏަށް ލާޒިމްކޮށްފައިވާއިރު، އެ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެކުންފުނިން ކުރަމުން ގެންދާނެކަމަށެވެ. އަދި އެ ހިދުމަތް ދޭން ހުރަހަކަށް ވެދާނެ އެއްވެސް ކަމެއް އެ ކުންފުނިން ނުކުރާނެކަމަށްވެސް ބުނެއެވެ. ނަމަވެސް ޝަރުއީ ކޯޓަކުން ވަކި ގޮތެއް ނިންމަވައިފިނަމަ އެ ނިންމެވުމަކަށް ތަބާވާނޭކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ ފަރާތުން ވަނީ، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ދޭތެރޭގައި އޮންނަ ކަށިމާ ހިނގުން (ބްލޮކް ނަމްބަރ 349) އާއި ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން (ބްލޮކް ނަމްބަރ 348.347) ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައެވެ.

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދިނުމުގައި ބޭނުން ކުރުމަށް މީގެ ކުރިންވެސް ބަންދުކޮށްފައިވާ އެ މަގުތައް ހުޅުވާލުމަށް ޑރ. މުޢިއްޒު މިހާރު ވަކާލާތު ކުރަށްވަމުން ގެންދެވި ނަމަވެސް ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރަކަށް މުޢިއްޒު ހުންނެވި އިރުވެސް އެމަގުތައް ހުޅުވަން ވަކާލާތު ކުރަށްވައި މަސައްކަތް ކުރަށްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން