ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އިތުރު ފަސް ރަަށަކަށް އަރައި ފޭބުން މަނާކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު އަރާފޭބުން މަނާކޮށް މޮނިޓަރިން ހާލަތަށް ގެނައީ އދ. މަހިބަދޫއާއި ވ. ތިނަދޫއާއި ށ. ކަނޑިތީމާއި ހދ. ނޮޅިވަރަމް އަދި މ. ވޭވަށެވެ. އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

އިއްޔެވެސް ދެ ރަށެއް މޮނިޓަރިން ހާލަތަށް ވަނީ ގެނެސްފައެެވެ. އެއީ ށ. މިލަންދޫ އާއި މުންޑޫއެވެ. މިލަންދޫއިން ވަނީ ހަތަރު މީހަކު ޕޮޒިޓިވްވެފައެވެ. މި ހަފްތާގެ މެދުތެރެއިން ފެށިގެން މުންޑޫގައި ކޮވިޑް ކޭސްތައް މިހާރު ވަނީ ފެންނަން ފަށާފައެެވެ. އިއްޔެ ނެގި ސާމްޕަލްތަކުންވެސް ބައެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު އެޗްޕީއޭ އިން "ބަންދު" ކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން