މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ ކުންފުންޏާއި ހަވާލުކުރި ބޮޑު ޕްރޮޖެކްޓްގެ ތާރީޚީ މަސައްކަތްތައް އެމްޑީޕީން ފާހަގަނުކުރުމުން އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާ އެކު އެއްބަސްވުމުގައި ސަރުކާރުން މިހާރު ވަނީ ސޮއިކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓްގައި ސޮއިކުރި ދުވަހު ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރާ ރާއްޖޭގެ މައި ވައިގެ ބަނދަރު ހަވާލުކުރި މައްސަލަ ސޮއިކުރި ދުވަހުގެ ހަފުލާއަށްވުރެ ފޯރި ނަގާނެ ކަމަށެވެ.



"ހަސަން ލަތީފު، ޕާާޓީން ހަމަ އެއްކަމެއް ވެސް ނުކުރީމާ އަހާލީ އިންޑިޔާ އައުޓްތަ؟" މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވިއެެވެ.

ދިވެހި ސަރުކާރާއި އިންޑިޔާގެ އެފްކޮން އިންފްރާސްޓްރަކްޗަރާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާގޮތަށް ވަނީ ހަމަޖެހިފައެެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުންނެވެ.

ބްރިޖް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް، ރައީސާ ނާއިބް ރައީސް ވަޑައިނުގަތުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން