އދ. އޮމަދޫގައި މަސްފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އދ. އޮމަދޫގައި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މިހާދިސާގައި ނިޔާވެފައިވަނީ ފިރިހެން ކުއްޖެކެވެ. އެކުއްޖާ ނިޔާވެފައިވަނީ މަސްފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވެގެން އޮމަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.



މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެއެެވެެ.

ކުޑަކުދިން މަސް ފެންގަނޑަށް ވެއްޓުމުގެ މިފަދަ ހާދިސާތައް މީގެ ކުރިންވެސް ރާއްޖޭގައި ހިގާފައި އެބަހުއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން