ޒަހީނުއްދީން ސަޢީދު   29 އޯގަސްޓު 2021 - 1:53
ގދ. ތިނަދޫގައި ހުންނަ ކޮވިޑް-19 ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި ކޮވިޑް-19 ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ނިޔާވެފައި ވަނީ އުމުރުން 90 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާ ނިޔާވެފައި ވަނީ މިއަދު އިރުއޮއްސި 6:30 ގައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މިމަރާއެކު ތިނަދޫން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ ތިނަކަށް އަރާފައެވެ. ރެއާއި ހަމައަށް އެރަށުން 967 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އެރަށުގައި މިވަގުތު ބަލި ޖެހިފައިތިބި 26 މީހުން ތިބި ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެެވެ.

ތިނަދޫން ކޮވިޑްގައި މީހަކު މިއަދު ނިޔާވިއިރު، މިހާރު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 226 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން