އިންޑިއާގެ އެކި ސިޓީ ތަކުގައި ތިބި ދިވެހިން ގެންނަން ބޭއްވި މޯލްޑިވިއަންގެ ފްލައިޓް- މިފަހަރު 235 މީހަކު ގެނައި
އިންޑިއާގެ އެކި ސިޓީ ތަކުގައި ތިބި ދިވެހިން ގެންނަން ބޭއްވި މޯލްޑިވިއަންގެ ފްލައިޓް- މިފަހަރު 235 މީހަކު ގެނައި
އިންޑިއާގައި ތާށިވެފައި ތިިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވެފައިތިބި 235 ދިވެހިން ރާއްޖެ ގެނެސްފިއެވެ.

އިންޑިއާ އިން މީހުން ގެނައުމަށް އިއްޔެ މެންދުރު މޯލްޑިވިއަން އިން ބޭއްވި ފްލައިޓުގައި ޓްރިވެންޑްރަމް އިން 50 މީހަކު ގެނެސްފައިވާއިރު ރޭ ބޭއްވި ފްލައިޓުގައި 185 މީހަކު ވަނީ ގެނެސްފައެވެ.

އިންޑިއާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު ރާއްޖެ ގެނެސްފައިވަނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީ ގައި ތިބި ދިވެހީންނެވެ. މި ސިޓީތަކުގައި ތިބި ދިވެހީން ރާއްޖެ އަންނަ ފްލައިޓާއި ގުޅުނީ ދިއްލީ އަދި ޓްރެވިންޑްރަމުންނެވެ.

ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އަނބުރާ ރާއްޖެއަށް ގެނައި މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވުމުން ނާދެވިފައި ތިބި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަދި ކިޔަވާ ކުދިންވެސް ހިމެނޭ ކަމަށެވެ.

މީގެ ކުރިންވެސް އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވަނީ ފްލައިޓުތައް ބާއްވައިފައެވެ.

ކުރިއަށް އޮތްތަނުގައިވެސް މި ފަދަ ފްލައިޓުތައް ބާއްވަން ނިންމާފައިވާއިރު ފުރުސަތު ލިބޭވަރަކުން ބޭރުގައި ކިޔަވަން ތިބޭ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން