ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އެދުމުގެ މަތިން އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އިރުޝާދުގެ ދަށުން އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީން އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރައަށް 1000 ރުފިޔާގެ އެލަވެންސެއް އިތުރުކުރަން ވަނީ ނިއްމާފައެވެ. އެ ނިންމުމާއި ގުޅިގެން އަތޮޅުގެ ނައިބު ރައީސުންނަށް މުސާރައާއި އިނާޔަތްތަކާއި އެކީ ޖުމުލަ 21،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެެވެ.

މިކަމާ ގުޅިގެން އެލްޖީއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަން ޖެހޭނެކަމަށެވެ.

މުސާރަ ތަކަށް ގެނައި ބަދަލާއެކު ސިޓީ ކައުންސިލްގެ މޭޔަރުގެ މުސާރައިގެ ގޮތުގައި 40،000ރ ލިބިވަޑައިގަންނަވާއިރު ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ. ލިބިވަޑައިގަންނަވާނެއެވެ. އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ.، ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. އަދި ޑެޕިއުޓީ އަށް 15،000ރ.، މީގެއިތުރުން ކައުންސިލް މެމްބަރަކަށް 12،000ރ. ގެ މުސާރަ އެއް ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ދޮންގޮއްޔެ

01-Sep-2021

ޓީޗަރުންނަށް ބޮޑުކުރާކަމަށް އިސްތިހާރު ކޮށްފައިވާ މުސާރަ އެކަށީގެންވާ ޢަދަދަކަށް ފިސާރި ވާނެބާ!



ޓްރެންޑިން