އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ސެކްރެޓަރީ މުހައްމަދު ރަޝީދު (ބިގޭ) އަށް ރައްދު ދެއްވައިފިއެެވެ.

އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން ހޮވުމުގެ އިންތިހާބުގެ ވޯޓްލުން މިހާރު ދަނީ ކުރިއަށެވެ. އިންތިހާބަށް އަމާޒުކޮށް ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕްގައި މެސެޖްތަކެއް ހިއްސާ ކުރަށްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީގެ ފަނޑިޔާރުންގެ މަޖިލީސް ހޮވަނީ ރަައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް ކަމެއް ކުރާން ކަމަށް ވިދާޅުވެ މެންބަރު ރަޝީދު ދައްކަވަނީ ހުސް ދޮގު ވާހަކަ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާގޮތުން އެކަހަލަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މެންބަރު ރަޝީދު ގެންގުޅުއްވާ ލިސްޓްގައި އެމްޑީޕީގެ ކަންކަމުގައި އުޅެފައިވާ މީހުން ވަރަށް މަދުވާނެ ކަމަށެވެ.

އެފަދަ ފިތުނަވެރި ވާހަކަތަކަކީ (ރައީސުލްޖުމްހޫރިއްޔާ) އާ ޖެއްސުމަށް ދައްކާ ވާހަކަތަކެއް. މި ވާހަކަތައް ގަބޫލު ނުކުރެއްވުމަށް އެދެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ އިންތިހާބުގައި ފަނޑިޔާރުންގެ މަޖިލީހަށް ވަކި މެންބަރުންތަކެއް ހޮއްވެވުމަށް ރައީސް ނަޝީދު މަަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ އިސްބޭފުޅުން ވަނީ ތުހުމަތުކުރަށްވާފައެެވެ. އަދި މެންބަރު ރަޝީދުވެސް ވަކި މެންބަރުންތަކެއްގެ ލިސްޓެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެ އިޝާރާތް ކުރައްވަނީ އެ ލިސްޓަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން