ރާއްޖޭގެ ތަރައްގީ އަށްޓަކައި އާބާދީ ބޮޑުކުރަންޖެހޭ ކަމަށާއި އެކަން ކުރާނެ ސިޔާސަތެެއް އެކަށައަޅަންޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެއެެެވެ.

އައްޑޫގެ ތަރައްގީއާއި ބެހޭ ގޮތުން މިރޭ ކުރިއަށްދިޔަ އޮންލައިން ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނައުމަށް އާބާދީ ވަކިވަރަކަށް ވުރެ ބޮޑުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އާބާދީ ބޮޑުކުރެވޭނެ ސިޔާސަތެއް ސަރުކާރުން ކަނޑައެޅިފައި އޮންނަންޖެހޭ ކަމަށް އެމަނިކުފާނު، ވިދާޅުވިއެވެެ. ރާއްޖެއަކީ ހަމައެކަނި ދިވެހިން އުޅޭތަނަކަށް ހަދައިގެން އެކަށީގެންވާ ވަރުގެ އާބާދީއެއް ނުއުފެއްދޭނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ނޭގި އަޅާނުލާ ތިބެގެން، ރާއްޖެއަށް އެތެރެކުރެވޭ ރާއްޖެއަށް އަންނަ ދިރިއުޅޭ މީހުންނަކީ އެއީ ތައުލީމެއް ނެތް ދިރިއުޅުމުގައި ގޮތެއް ފޮތެއް ނެތް ބަޔަކު ރާއްޖެ އައިސް ބޮޑު އާބާދީ އެއް އުފެދިގެން ދިޔުމަކީ އެއީ އަދި ރާއްޖެއަށް އެންމެ ރަނގަޅު ގޮތެއް ނޫން." ކުރީގެ ނާއިބް ރައީސްކަންވެސް ކުރެއްވި ޑރ. ވަހީދު ވިދާޅުވިއެެވެ.

ރާއްޖެއަށް ހުނަރުވެރި ތައުލީމީ ފައިސާ ހުރި މީހުން އަންނަންޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެެވެ. ޢަދި ކުންފުނިތަކުންނާއި އިންވެސްޓަރުންނަށް ރާއްޖޭގައި އުޅެވޭނެ ގޮތްތަކެއް ފަހިކޮށްދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޚާއްސަކޮށް މިސާލަކަށް އެޕާޓްމަންޓެއް ގަންނަން ބޭނުންވާނަމަ ވަކި މުއްދަތަކަށް ނަމަވެސް ގަނެވޭނެ ގޮތެއް އޮތުން، އަޅުގަނޑުމެންނަކީ ވެސް މެލޭޝިޔާގައި އުޅޭ ބައެއް ވެސް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ބިން އެބަގަނެވޭ އެތަނުން. އެހެންވީމަ މިކަހަލަ ފަހި ކޮށްދޭން ކަންތައްތަކެއް ވެސް ހުންނަންޖެހޭ އާބާދީ ރަނގަޅު ކުރުމަށް ބޮޑުކުރުމަށްޓަކައި." ރައީސް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ ބްރިޖަކީ އައްޑޫގެ ތަރައްގީއަށް އޮތް ހައްލު ކަމަށެވެ. އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ އެ ސިޓީގެ އެހެން ރަށްތަކާ ގުޅާލަދޭ ބުރިޖަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ. ބުރިޖަކީ އައްޑޫ ސިޓީއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަށް އެދި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

އައްޑޫގައި ޓްރާންސިޓް ބަނދަރެއް އޮތުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން އަވަސް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށްވެސް ރައީސް ވަހީދު ވިދާޅުވި އެވެ. ރަށްތައް ގުޅާލުމުގައި ފަހުގެ ޓެކްނޮލޮޖީއާ މެދު ވިސްނުމަކީވެސް މުހިންމު ކަމެއްކަން ޑރ. ވަހީދު  ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ނެރޭ މެނިފެސްޓޯގައި އައްޑޫގެ ރައްޔިތުން އެދޭ ގޮތައް ބުރިޖް އަޅަން ހިމަނާ ދޭނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢަބްދުﷲ އަލީ

01-Sep-2021

ޑޮކްޓަރެއް, ފާޑަކަށް ނަމަވެސް ރާއްޖޭގެ ރައީސްކަން ކުރިމީހެއް. އެކަމު ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްމީހެއް.



ޓްރެންޑިން