ނިއު ނޯމަލްގައި ދަރިވަރުންނަށް ފިލާވަޅު ނަގައިދޭނީ ޑިސްޓެންސް މޯޑުގައި ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވީ ނިއު ނޯމަލްއަކަށް ގޮސް ސުކޫލުތަކުގައި ކިޔަވައިދޭން ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި ނިއު ނޯމަލްގައި އަމަލުކުރާނެ ގޮތުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ނިއު ނޯމަލްގައި ކަންކުރާނެ ގޮތެއް އަޅުގަނޑުމެން މިހާރު މިދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަށްވެސް ގެންދަން ޖެހޭތަން. ސުކޫލުގެ ވަގުތު ވަރަށް ބޮޑުތަނުން މަދުވެގެން ދާނެ. ފޭސް ޓު ފޭސްކޮށް މުދައްރިސާ ބައްދަލު ކުރާނީ މަދުވަގުތު ކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ފިލާވަޅު ނަގައިދޭނީ ޑިސްޓެންސް މޯޑުން،" މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.
މީގެ ކުރިން ގިނަ ސުކޫލުތަކުގައި ކިޔަވައިދެމުން ދިޔައީ އެއް ދަންފަޅިއަށެވެ. ސަރުކާރުގެ ސިޔާސަތަކަށްވެސް ވެފައި އޮތީ ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމެވެ.
މިނިސްޓަރު ވިދާޅުވީ ބެލެނިވެރިން ސުކޫލު ދޮށަށް ކުދިން ބަލާ ދާއިރުވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްނުވާނެހެން ގަޑިތަކަކަށް ބަހާލައިގެން ކުދިން ބަލާ ދިޔުމުގެ ކަންކަންވެސް ކުރަން ރާވާފައި ވާކަމަށެވެ. އެހެންނަމަވެސް ނިއު ނޯމަލްގައި އަމަލު ކުރާނެ އުސޫލު އަދި މުޅިން ފައިނަލް ނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ތައުލީމީ ދާއިރާއަށްވެސް އަސަރުތަކެއް ކުރާނެ ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ. ތައުލީމީ ދާއިރާއަށް ކުރާނެ އަސަރާ ބެހޭ ރެޕިޑް އެސެސްމެންޓެއް ޔުނިސެފާ ގުޅިގެން މިހާރު ހަދަމުން ދާ ކަމަށާއި، މި ރިޕޯޓު މިހަފްތާ ނިމެންވާއިރަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަސަރުކުރާނެ. ވަރަށް ގިނަ ގާތް ގަނޑަކަށް ދެމަސް ވަނީ މިހާރު ދަރިވަރުން ގޭގައި ތިބޭތާ. ސުކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން ދާތަނެއް ނޫން. އެކުދިންގެ އިޖުތިމާއީ ގުޅުންތަކާއި ތަފާތު އެކި ކަންތައްތައް ސުކޫލުގައި ހިނގަމުން ދާނެ. އެހެންވީމަ އެކަންކަން އެކުދިންނަށް މިސްވާތީ އަސަރުތަކެއް ކުރަމުން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެންގެ ވެސް އުންމީދަކަށް ވާނީ ސުކޫލުތައް ހުޅުވޭނެ ދުވަހެއް އައުން ކަމަށެވެ. އެހެންވެ ނިއު ނޯމަލްއަކަށް ތައްޔާރުވެ ސުކޫލުތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު