އިސްލާމް ފޮތްތަކުގައިވާ ކަންކަން ބަދަލުކޮށް، އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެންނަ ވާހަކައާއެކު ގިނަ ބައެއްގެ ފާޑުކިޔުމާއި ކަންބޮޑުވުންތަކުގެ އަޑު ވަނީ ގަދަވެފައެވެ. ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުންވެސް ދަނީ މިކަމާއިމެދު ކަންބޮޑުވެ ވާހަކަދައްކަވަމުންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަކީ ދީނީ ކަންކަމުގައި އުފެދޭ މައްސަލަތަކާއި ގުޅޭފޮތުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ވަރަށް ކެރިވަޑައިގެން ސާބިތުކަމާއެކު ހާމަކުރައްވާ ބޭފުޅެކެވެ. މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް ނެތި އެކަމެއްގައި އޮންނަ ގޮތާއި ފެނިވަޑައިގަންނަވާގޮތް ޑރ. ޝަހީމު ވިދާޅުވެ ދެއްވަނީ ވެސް ވަރަށް ތިލަކޮށް ސަރީހަކޮށް، އެއްވެސް ރައްޔިތަކަށް އޮޅުން ނާރާނެ އަދި ސުވާލެއްވެސް ނޫފެދޭނެހާވެސް ސާފުކޮށެވެ.

ނަމަވެސް ރާއްޖޭގެ ދަރީންނަށް އިސްލާމްދީން އުނގަންނައި ދިނުމަށް ބޭނުން ކުރަމުން އައި ފޮތްތަކުގައިވާ ކަންކަން ބަދަލުކޮށް، އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެންނަ ވާހަކައާއެކު ޑރ. ޝަހީމް ދެއްވީ ވަރަށް ތަފާތު ރައްދެކެވެ. ޖެއްސެވީ ވަރަށް ތަފާތު މިސާލެކެވެ.

ޝަހީމް ވިދާޅުވީ، އިސްލާމް ކިޔަވައިދޭން ބޭރު މީހުން ގެންނަ ވާހަކައާއެކު ކުއްލިއަކަށް ހަނދާނަށް އައީ މުސްލިމް ރަށެއްގައި ބަންގި ގޮވަން އުޅުނު ޔަހޫދީ މުދިމެއްގެ މަތިންކަމަށެވެ. އެގޮތުން އެ ޔަހޫދީ މީހާ ބަންގި ގޮވާއިރު، ގޮވަނީ ބަންގީގެ އިބާރާތްތައް ބަދަލުކޮށްގެން ކަމަށް ޑރ. ޝަހީމު ވިދާޅުވިއެވެ.



"ކުއްލިއަކަށް ހަނދާން ވަނީ މުސްލިމް ރަށެއްގައި ބަންގި ގޮވަން އުޅުނު ޔަހޫދީ މުދިމުގެ ވާހަކަ. އޭނާ ބަންގި ގޮވާއިރު އަޅުހެކިވަން (اشهد أن) ކިޔުމުގެ ބަދަލުގައި ކިޔަނީ (هؤلاء يشهدون ان محمدا رسول الله) މިރަށު މީހުން ހެކިވޭ މުހައްމަދުގެ ފާނީ ﷲގެ ރަސޫލާކަމަށް." ޝަހީމް ވިދާޅުވިއެވެ.



އިސްލާމް ކިޔަވައިދިނުމަށް ރާއްޖޭން ބޭރުން ޓީޗަރުން ހޯދަމުންދާކަމަށް ތަޢުލީމީ ވުޒާރާ އާއި ޙަވާލާދީ އެމްޑީޕީގެ މެއި 6 ކޮމިޓީގެ މުޤައްރިރު، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވަނީ ވިދާޅުވެފައެވެ. ޙަސަން އަފީފް ވިދާޅުވީ އެންމެ ފަހުން އެ ކޮމިޓީން އެޑިއުކޭޝަން މިނިސްޓްރީއާއެކު އޮގަސްޓް ބޭއްވި ބައްދަލުވުމުގައި އެމަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ ސަރުކާރާއި ދިފާއީ ބާރުގެ ބައެއް އިސްވެރިން ތުހުމަތުކުރާ ފަދައިން ރާއްޖޭގައި އޮތް ހަރުކަށި ފިކުރު ނައްތާލުމަށްކަމަށް އަފީފު ވިދާޅުވެފައި ވެއެވެ.

ނަމަވެސް އަފީފުގެ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން