އިންޑިއާއިން ހަދިޔާކުރި ކާބޯތަކެތި ހިފައިގެން އައި މަނަވަރު މާލޭ ބަނދަރަށް ވަންނަނީ
އިންޑިއާއިން ހަދިޔާކުރި ކާބޯތަކެތި ހިފައިގެން އައި މަނަވަރު މާލޭ ބަނދަރަށް ވަންނަނީ
ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާގެ މަނަވަރު ރާއްޖެ އަތުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެއްޗާއެކު، އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ކޭސަރީ މިއަދު ހެނދުނު ވަނީ މާލެ އަށް ބަނދަރުކޮށްފައެވެ.

މިއަދު ރާއްޖެއަށް ގެނެސްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ ގިނަ ޢަދަދެއްގެ ކާޑާއި، މުގާއި، އަލުއްވާއި، ފިޔާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވެއެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ "އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް" (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ.



އެގޮތުން މިޝަން ސާގަރްގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، ރާއްޖެއަށް މުދާ ބޭލުމަށްފަހު ސަރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް އެ ހައިކޮމިޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން