އިސްލާމް މާއްދާ ކިޔަވައިދޭން ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން އެކުލަވާލި ރިކޮމެންޑޭޝަންތަކުގެ ތެރެއިން، އެ މިނިސްޓްރީއާ ގުޅޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު "މެއި 6 ކޮމިޓީ" އިން މިނިސްޓްރީއާ ބައްދަލުކޮށް، ދެކެވުނު ވާހަަކަތަކުގެ ތެރޭގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ނަމަވެސް، މިހާތަނަށް އިސްލާމް މާއްދާގެ މުގައްރަރު އޮތީ ދިވެހިބަހުން ކަމަށްވުމާއެކު، އެ މާއްދާ ކިޔަވައި ދިނުމަށް ތަމްރީން ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ރާއްޖޭގައި އެބަ ތިބި ކަމަށް ބަޔާނުގައި ބުނެފައިވެއެެވެ. އެގޮތުން، އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައި ދިނުމަށް މިނިސްޓްރީއިން ވިސްނާފައި ނުވާ ކަމަށްވެސް އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

އިސްލާމް ފޮތްތަކުގައި ނަފްރަތަށް މަގުފަހިވާ ގޮތަށް ހުރި ލިޔުންތައް ދެނެގަތުމުގެ މަސައްކަތްކޮށް، ކަރިކިއުލަމް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް މެއި 6 ކޮމިޓީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އިސްލާމް ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުން، މިނިސްޓްރީގައި ނެތް ކަމަށެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ކަންކަން ބެލުމަށް އެމްޑީޕީން އުފެއްދި މެއި 6 ކޮމިޓީން ދަނީ ސަރުކާރުގެ އިދާރާތަކާއި ބައްދަލުކޮށް، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެެވެ.

އެކޮމިޓީން މައުލޫމާތު ދީފައިވާ ގޮތުގައި ބިދޭސީ ޓީޗަރުން އިސްލާމް މާއްދާ ކިޔަވައިދޭން ގެންނަނީ ރާއްޖޭގައި އޮތް ކަމަށް ސަރުކާރާއި ސަލާމަތީ ބާރުތަކުގެ ބައެއް އިސްވެރިން ސިފަ ކުރަށްވާ ހަރުކަށި ފިކުރު ފޮހެލުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެންނެވެ،


ކިޔުންތެރިންގެ ހިޔާލު


-5

ނުރަބޯ

01-Sep-2021

ވަކަރު ޖަހާލަން ކުރިމަސައްކަތް ބޭކާރުވީމާ ރާގު ބަދަލުކޮށްލީތަ…?



ޓްރެންޑިން