އައްޑޫ ސިޓީގެ ހިތަދޫގެ ހޮސްޕިޓަލް ސަރަހައްދުން ރައްޔިތުންނަށް ދޫކޮށްފައި ހުރި ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެެވެ.

އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ހުކުމްކުރީ އައްޑޫ ސިޓީ ކައުންސިލުން ގޯތިތައް ނަގަން ނިންމުމާއި ގުޅިގެން އެ ގޯތިތަކުގެ ވެރިން ކޯޓަށް ހުށަހެޅި މައްސަލަައެއް ބެލުމަށްފަހުއެެވެ. އެމައްސަލަ ބެލުމަށްފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުނެފައިވަނީ އާންމު މަންފާއަކަށް ކަމަށްބުނެ އައްޑޫ ސިޓީ ކައުންސިލުން އާންމުންގެ ބިންތައް ނަގަން ނިންމި އިރު އާންމު މަންފާ އަކީ ކޮބައިކަން ސާފުކޮށް ނުދެވޭ ކަމަށެވެ.

އެހެން ކަމުން އެ ސަރަހައްދުގެ އާންމު މަންފާއަށް ކުރާކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެ ކަމަށާޢި، ރައްޔިތުންގެ ބިން ނެގޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހުށަހަޅައި ކޯޓު މެދުވެރިކޮށްކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ ބިންތައް، ކައުންސިލަށް ނެގުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ބޭއްވި ބައްދަލުވުމެއްގައެވެެ. ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ހުށައެޅުއްވި އެ ހުށައެޅުމަށް 10 މެމްބަރަކުވަނީ ތާއިދުކޮށްފައެވެ. ކައުންސިލްގެ ނިންމުން ރިވިއު ކުރުމަށް ކައުންސިލަރަކު ވަނީ ސިޓީކައުންސިލަށް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން