ކުރީގެ ރައީސް އަބުދު ﷲ ޔާމިނަށް ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމްކުރުމުގައި ބައިވެރިވި ބައެއް ފަނޑިޔާރުން އެމައްސަލަ ވަކިގޮތަށް ނިއްމުމަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ އޯޑިއޯތަކުގެ މައްސަލަ ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށެވެ. ޖޭއެސްސީ އިން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ތައައްސުބުން އެއްކިބާވެ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށް ކަންތައްތަށް ނިންމުން މަތީގައި ދެމި ތިބެންޖެހޭ ބައެއް ކަމަށެވެ.

"އަމިއްލަ ފަރުދަކު ވެސް ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެ ހުންނަ މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ވަކިން ޚާއްސަ ސަމާލު ކަމެއް ދީގެން މި ކޮމިޝަނުން ތަހުގީގު ކުރާނެ ކަމެއް ކަމުގައި ދެންނެވީމެވެ." ޖޭއެސްސީ އިން ނެރުނު ބަޔާނުގައިވެއެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ގާޒީންގެ ތެރެއިން ބައެއް ގާޒީންގެ އޯޑިއޯ ތަކެއް ލީކުވެފައިވާއިރު އެ އޯޑިއޯތަކުން އެ ހުކުމުގެ މިނިވަންކަމާއި އިންސާފުވެރި ކަމާއި މެދު ވަނީ ސުވާލު ތަކެއް އުފެދިފައެެވެ. އެ ގާޒީންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދި އެ ގާޒީންގެ ސުލޫކީ މައްސަލަތަކެއް ވެސް އެ އޯޑިއޯތަކުން ވަނީ ހާމަވެފައެވެ.

ރައީސް ޔާމިންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ވަނީ އެ ހުކުމަކީ ފަނޑިޔާރުން ރަހީނުކޮށްގެން ކުރި ހުކުމެއް ކަމަށް ވިދާޅުވެފައެވެ. އިތުރު ފަނޑިޔާރަކު ވިދާޅުވެފައިވަނީ އެ ހުކުމްގައި އޮތް އެއްޗެެއް ނޭގޭ ކަމަށާއި ބެންޗުގައި އިނީ ސަރުކާރުން އަންގައިގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


12

Azee

01-Sep-2021

Efandiyaarunge masala jsc inbalanvaanee JSC gai thjbi siyaasee faraaiythah effaraaiyve thibegen noonee dhen ufedhey massala maaboduvedhaane