ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ފަނޑިޔާރުންގެ ލީކުވި އޯޑިއޯތަކާއެކު މިރެއިން މިރެއަށް ސްޕްރީމް ކޯޓުން ބައްދަލުވުމެއް ބާއްވައި އެ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރެއްގެ އޯޑިއޯއާއި ގުޅިގެން މިރޭ ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެެ. އެއްވެސް ޝަރުތެއް ނެތި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހުށައެޅި ގަރާރަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސްޕްރީމް ކޯޓުން މިރެއިން މިރެއަށް ބައްދަލުވުމެއް ބާއްވައި އެ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ ސްޕްރީމް ކޯޓަށް އިތުބާރު ނުކުރާނެ ކަމަށެވެ. އަދި މާދަމާ ޖޭއެސްސީއާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ހުރިހާ ކޮމެޓީތަކަށް އެމައްސަލަ ހުށައަޅާނެ ކަމަށް ޝިޔާމް ވިދާޅުވިއެެވެ.
ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށްވެސް ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަކަމަށާއި، އަދި ރައްޔިތުންގެ އިތުބާރު އަދުލު އިންސާފުގެ ނިޒާމަށް ގެއްލިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމިނަށް ކޮށްފައިވަނީ އުންސުރު ހަމަ ނުވާ ހުކުމެއް ކަމަށެވެ. އަދުލް އިންސާފު ހޯދަން ރައްޔިތުން ދާނެ ތަނެއް ނެތް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް ނުހައްގުން ކުރި ހުކުމާއެކު ރައީސް ސާލިޙު ގާނޫނު އަސާސީއާއި ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. ދިވެހި ރައްޔިތުން ނިކުމެ އަދުލް އިންސާފު ގާއިމް ކުރަންޖެހިއްޖެނަމަ އެކަން ކުރަން ރައްޔިތުން ތިބީ ތައްޔާރަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ފުރައިގެން އަންނަން ރެޑީގައި ދިވެހި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބީ. އެހެންވެގެން މިދަންނަވަނީ ދިވެހި ރައްޔިތުން ނުކުމެ އަދުލް އިންސާފު މިގައުމުގައި ގާއިމް ކުރަންވެއްޖެއްޔާ އެކަން ވެސް ކުރަން ރައްޔިތުން ތިބީ ތައްޔާރަށް. އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާއި އެކީގައި." ޝިޔާމް ވިދާޅުވިއެެވެ.
ކުރީގެ ރައީސް އަބުދު ﷲ ޔާމިނަށް ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަން ނިންމާފައެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމްކުރުމުގައި ބައިވެރިވި ބައެއް ފަނޑިޔާރުން އެމައްސަލަ ވަކިގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ އޯޑިއޯތަކުގެ މައްސަލަ ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ތައައްސުބުން އެއްކިބާވެ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށް ކަންތައްތައް ނިންމުން މަތީގައި ދެމި ތިބެންޖެހޭ ބައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު