މާފުށި ޖަލަށް ވައްދަން އުޅުނު ސާމާނުތަކެއް އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިތަކެތި އަތުލައިގަތީ ފުލުހުންނާއި ކަރެކްޝަންގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. އަދި މިއޮޕަރޭޝަންގައި ޖަލަށް ވައްދަން އުޅުނު ސާމާނުތައް އަތުލައިގަތީ މާފުށީ ގޮނޑުދޮށް ސަރަހައްދުގައި ހުރި މީހެއްގެ އަތުންކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.



ކޮމިޝަނަރ ވިދާޅުވީ މި އޮޕަރޭޝަންގައި 50 ސްމާޓް ފޯނާއި، 42 އާދައިގެ ފޯނާއި، 109 ޗާޖަރާއި، 77 ޔޫއެސްބީ ކޭބަލް، 65 ހެޑްސެޓް، 60 އެއްހާ ސިމްކާޑުގެ އިތުރުން ދަތް އުނގުޅުމަށް ބޭނުންކުރާ މިސްވާކުވެސް އަތުލައިގަތްކަމަށެވެ.

މާފުށި ޖަލަށް ވައްދާ ސާމާނު ހިފެހެއްޓުމަށް ފުލުހުންނާއި ކަރެކްޝަންގެ އޮފިސަރުން އަބަދުވެސް މަސައްކަތް ކުރެއެވެ. އަދި މިގޮތުން ކުރާ މަސައްކަތުން ގިނަ އަދަދެއްގެ ތަކެތި ވަނީ އަތުލައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން