މާލެއަތޮޅު ރަސްފަރި ފަރަށް އާގު ބޯޓެއް އުރުނު މައްސަލަ ބަލައި ފިޔަވަޅުތައް އަޅަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށައަޅުއްވާފައިވަނީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ރާއީ ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ބޯޓު ފަރަށް އެރިޔަ ނުދޭން ބޯޓުގެ ކެޕްޓަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެކަން ރާއްޖޭގެ ކޯސްޓުގާޑަށް ވެސް އަންގާފައި ނުވާ ކަމަށާއި ބޯޓު އެރި ފަރަކީ ހިމާޔަތްކޮށްފައިވާ ފަރެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

މައްސަލަ ހުށައަޅުއްވަމުން މެމްބަރު ރާއީ ވަނީ އެ ހާދިސާގައި ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި އަދި ރާއްޖޭގެ ސަލާމަަތަށް ވެސް ނުރައްކާވާނެ ކަަަމަކަށް ވާތީ އެ ހާދިސާ ހިނގި ގޮތް އެންމެ ފުރިހަަމައަށް ބަލައި އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަައް ބަލައި އެފަދަ ކަންކަންކުރިއަށް އޮތް ތަނުގައި ނުހިނގާނެ ގޮތަށް އެޅެން ހުރި ފިޔަވަޅުތައް އަޅަން ސަރުކާރަށް ގޮވާލާފައެވެ.

ޕެނަމާގެ ރަޖިސްޓްރީގައި އޮތް ބޯޓު ފަރަށް އެރީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ފަރަށް އެރިތާ 10 ދުވަސް ފަހުން އިއްޔެ އެ ބޯޓު ވަނީ ފުންކޮށްފައެވެ. އެ ބޯޓު ދޫކޮށް ލާނީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމުން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ ބުނެފައެވެ. ކާގޯ ބޯޓުތައް ފަރަށް އަރައި ބޮޑެތި ގެއްލުންތައް ފަރުތަކަށް ލިބުމުން ބޮޑެތި އަދަދުތަކުން މީގެ ކުރިން ވެސް ޖޫރިމަނާ ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން