ވަކި ގޮތަކަށް ހުކުމް ކުރަން ފަނޑިޔާރުންނަށް އަންގަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުޅުއްވާ ބޭފުޅެއްކަމަށް ދޭހަވާގޮތަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވައިފިއެވެ.



ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމިންގެ މައްޗަށް ހުކުމް އިއްވީ މަޖުބޫރީ ހާލަތެއްގައި ނުފޫޒު އޮވެގެންކަމަށް ދޭހަވާ ގޮތަށް ހުކުމް އިއްވި ފަނޑިޔާރުން ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ ވަކި ގޮތަކަށް ހުކުމް ކުރަން އެދި، ރިޝްވަތާއި މަތީ މަގާމް ހަދިޔާ ދޭނެކަމަށް ބުނެ ފަނޑިޔާރުންނަށް ގުޅަނީ ރައީސް އޮފީހުގައި އުޅޭ "ކުއްޖެއް" ކަމަށެވެ. އަދި އެމީހަކު އެކި ކޯޓުތަކަށް ގުޅާ ވާހަކައަކީ މަޝްހޫރު ވާހަކައެއްކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި މިއީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ، ޝަހީމް ސުވާލުކުރައްވާފައިވެއެވެ.



ކުރީގެ ރައީސް އަބުދުﷲ ޔާމިނަށް ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަންވެސް ވަނީ ނިންމާފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމްކުރުމުގައި ބައިވެރިވި ބައެއް ފަނޑިޔާރުން އެމައްސަލަ ވަކިގޮތަށް ނިއްމުމަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ އޯޑިއޯތަކުގެ މައްސަލަ ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށެވެ. ޖޭއެސްސީ އިން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ތައައްސުބުން އެއްކިބާވެ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށް ކަންތައްތަށް ނިންމުން މަތީގައި ދެމި ތިބެންޖެހޭ ބައެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


19

އަމީރު

01-Sep-2021

ތިތިބަ ކިޔަވާފަތި ސެއިހުން ބަޔަކުދައްކާ ވާހަކައްކަށް ތިހެއްލެނީ މިއީވާ ދުނިޔެއެއް



ޓްރެންޑިން