ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލުގެ ހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ ރައީސް ސާލިހާއި ބައްދަލުކުރުމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސް އޮފީހަށް ވަޑައިގެން އެ އޮފީހުގެ ބޭރުގައި ހުންނަވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް އޮފީހަށް އެބޭފުޅުން ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާނޫނާ ހިލާފުވެވަޑައިގެންފައި ވާތީ އެކަން ހަނދުމަފުޅު ކޮށްދެއްވައި ރީތި ގޮތުގައި އިސްތިއުފާ ދެއްވަން އެދުމަށް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިހާރު ފެންމަތިވެފައި މިވަނީ ބޮޑު މައްސަލައެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މިކަމާ ގުޅިގެން ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ. މިއަށްވުރެ މުހިންމު މައްސަލައެއް މިވަގުތު ނެތް ކަމަށާއި މިއަދުގެ މަޖިލިސް ރީތި ގޮތުގައި ފަށާނަމަ ކުރިއަށް ގެންދަންވާނީ ރައީސް އަޒަލު ކުރުމުގެ މައްސަލަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުންވެސް މަޖިލީހެއް ބާއްވައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްދޭން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެެ.

ރައީސް އޮފީސް ކައިރިއަށް ވަޑައިގެން ރައީސާއި ބައްދަލު ކުރުމަށް މެމްބަރުން އެދިވަޑައިގަތުމުން ފުރަތަމަ އެ އޮފީހުން ވަނީ ބޭރުގައި މަޑުކުރަން އަންގާފައެވެ. އެހެން ނަމަވެސް ވިއްސަކަށް މިނެޓް ފަހުން މެމްބަރުންނަށް ރައީސް އޮފީހަށް ވަނުމުގެ ހުއްދަ ދިނުމުން މެމްބަރުން ވަނީ އޮފީހަށް ވަދެވަޑައިގެންފައެެވެ.

އިދިކޮޅު ޕިިޖީ ގުރޫޕާ މިއަދު ބައްދަލުކުރަނީ ސީދާ ރައީސް ކަމެއް ނުވަތަ ރައީސް އޮފީހުގެ އެހެން ބޭފުޅެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ރައީސް ޔާމިންގެ ހުކުމާ ބެހޭގޮތުން ލީކްވެގެންެުޅޭ އެއް އޯޑިއޯގައި ވާހަކަ ދައްކަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. އެ އޯޑިއޯގައި ފާއިޒް ވިދާޅުވީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ބަޔަކު ރަހީނު ކުރުމުން ކަމަށެވެ.

އެމައްސަލަ ބެލި ފަނޑިޔާރުން ބެންޗުގައި ހިމެނޭ އިތުރު ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވި ކަމަށް ވާހަކަ ދެކެވޭ އޯޑިއޯ ތަކެއް ވަނީ ލީކުވެފައެވެ. އެމައްސަލައިގައި މަޖިލީހުގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ އިހުތިޖާޖް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަލީ

01-Sep-2021

ވެރިކަމާގެން ބަޔަކު ދަންޖެހެނީ މާސިންގާ ވަގުން



ޓްރެންޑިން