ސިނަމާލެ ބްރިޖަކީ ފަހުގެ ތާރީހެއްގައި ތަރައްގީއަށް އެޅުނު އެންމެ މުހިންމު ބިނާ ކަމުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބްރިޖަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު އާންމުކުރި ވީޑިއޯ މެސެޖެއްގައި މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނައި އެންމެ ބޮޑު އަދި މުހިންމު ކުރިއެރުން ކަމަށެވެ. އަދި ބްރިޖްގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދަށް ގިނަ ކުރިއެރުން ތަކެއް ލިބިގެން ދިޔަ ކަމަށްވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބްރިޖުގެ ސަބަބުން މާލެ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިފައިވާ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ވިދާޅުވިއެވެ.



"ކޮންމެ ދުވަހަކު ވެސް ބްރިޖުން އެތައް ބަޔަކު ދަތުރު ކުރޭ." މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުުގައި ހުންނެވު މުއިއްޒުވަނީ ސިނަމާލޭ ބްރިޖަށް ތިން އަހަރު ފުރުމުގެ މުނާސަބާތުގައި ޗައިނާގެ ރައީސްް އަދި ކުރީގެ ރައީސް ޔާމީން އަށް ޝުކުރު އަދާކުރައްވާފައެެވެ. އަދި މުސްތަގުބަލުގައި ވެސް ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ކުރިއަރާނެ ކަމަށް އުންމީދު ކުރަށްވާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ސިނަމާލެ ބްރިޖް ހުޅުވާފައިވަނީ 30 އޯގަސްޓް 2018 ގަ އެވެ. ދުއިސައްތަ މިލިއަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އަދި ބްރިޖްގެ މަސައްކަތް ނިންމުމަށް 30 މަސްދުވަސް ވަނީ ހޭދަވެފައެވެ. މި ބްރިޖަކީ ދެ ކިލޯމީޓަރު ދި ގު ބްރިޖެއް ކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން