ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާގޮތުން މަޖިލީހުގެ ޖަލްސާތަކުގެ ޤާނޫނީ ސައްހަކަމެއް ނެތްކަމަށް ދޭހަވާގޮތަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސަ މަނިކު ވާހަކަ ދައްކަވައިފިއެވެ.

ރީކޯ މޫސަ މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި މިހާރު ހުންނެވުމާއެކު މަޖިލީހުގެ މަސައްކަތްތައް ހިންގެވުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއާ ހަވާލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސް މަޖިލީހުގެ އިދާރާއަށް ޙާޒިރުނުވެވޭ ޙާލަތުގައި އިދާރީ އިންތިޒާމްތައް ބެލެއްޓުމާއެކު މަޖްލީހުގެ ކަންކަން ހިންގަން ނައިބް ރައީސް މަޖިލީހުގައި ހުންނަވަން ޖެހޭނެކަމަށެވެ. އެހެންނޫނީ ޖަލްސާގެ ޤާނޫނީ ސައްޙަކަމެއް ނެތްކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މަޖިލީހުގައި ބައެއް ހާލަތްތަކުގައި ރިޔާސަތުގައި އިންނަވާ ދުވަސްވީ މެމްބަރަކީ ވަގުތީގޮތުން ރިޔާސަތު ބަލަހައްޓާ މެމްބަރެއްކަމަށެވެ.



ބެލެވޭ ގޮތުގައި މޫސަ އެ ދައްކަވަނީ މަޖިލީހުގެ ރިޔާސަތުގައި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިންނަވާ ވާހަކައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް، ނުވަތަ ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތުގައި އިންނެވެން ނެތް ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ބޭފުޅުންތަކެއް ކަނޑައަޅަންޖެހެއެވެ.

އެގޮތުން މަޖިލީހުގައި ހޭދަކޮށްފައިވާ މުއްދަތަށް ބެލުމަށްފަހު ހޮވާ މި މެމްބަރުންގެ ތެރޭގައި އަފީފްވެސް ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން