ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ކޯވިޑް-19 މެނޭޖް ކުރުމުގައި ސަރުކާރު ފެއިލް ވެފައިވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގައި ޓެސްޓް ކުރެވޭނެ ގޮތެއްނެތުމާއި، ރައްކާތެރިކަމުގެ ވަސީލަތްތައް ނެތުމާއި އަދި ފަރުވާދޭނެ އެކަށީގެންވާ ނިޒާމެއް ގާއިމުކޮށްފައި ނެތުމުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ބޮޑެތި ހަރަދުތަކެއް ސަރުކާރުން މިކަމުގައި ކޮށްފައިވާކަމަށާއި އެހެން ނަމަވެސް އައްޑޫސިޓީގައި ޓެސްޓް ކުރެވޭނެ ފަދަވެސް ގާއިމު ކުރެވިފައި ނުވާކަމަށެވެ. ޝިޔާމް ވިދާޅުވީ ކޯވިޑް-19 ގެ ކަންކަމުގައި ސަރުކާރުން ދައްކާވާހަކަ ދިމާނުވާކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އައްޑޫއާއި އެހެން ހިސާބުތަކުގައި ވެސް އެކަށީގެންވާ ވަރަށް ޕީޕީއީ ނެތްކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުން ކުރަމުންދާކަމަށެވެ. އަދި ކޯވިޑް-19 މެނޭޖް ކުރުމުގައި ސަރުކާރު ފެއިލް ވެފައިވާކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ މާލެ ފިޔަވަަައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫސިޓީގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމުންނާއި، އަދި ސާމްޕަލް ނަގައިގެން ފްލައިޓް ޗާޓަރ ކޮށްގެން މާލެއަށް ސާމްޕަލް ގެންނަންޖެހުމަކީ ބޮޑު ހަރަދެއް ހޭދަކުރަންޖެހޭކަމެއްކަމަށެވެ.

އައްޑޫސިޓީ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތުމުގެ ޝަކުވާ އެފަރާތުން ކުރަމުން ދާކަމަށާއި އަދި ޑޮކްޓަރުންނާއި ނަރުހުންނަށް އެކަށީގެންވާ ތަމްރީން ދެވިފައިނުވާކަމަށެވެ. އައްޑޫސިޓީގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައިނުވާކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ ރަނގަޅު ޕްލޭނެއް ނެތިއްޖެ ނަމަ ވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގައި ޓެސްޓް ކުރެވޭނެ ނިޒާމު ގާއިމުކޮށް ރައްކާތެރި ކަމުގެ ވަސީލަތްތައް ހަމަކޮށްދީ ފަރުވާދެވޭނެ ނިޒާމެއް ވީއެންމެއަވަހަށް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލާކަމަށް ޝިޔާމްގެ ކުއްލި މައްސަލައިގައި ވެއެވެ.

ޝިޔާމްގެ ކުއްލި މައްސަލަ މަޖިލީހަށް ވަނީ ބަލައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަދުރޭ

12-May-2020

ކަލޭ ކޮސް ނުގޮވާ މާ މޮަޅުސިޔާސީ މީހަކަށް ހެދިގެންހުރެ ތީ ހުސްދައުލަތް ދަވާލިބައިގަނޑު



ޓްރެންޑިން