އިންފޮރމޭޝަން ކޮމިޝަނަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަނުން ހުަސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދެއްވީ ހ. ގުރުވަ އަހުމަދު އާހިދު ޝަރީފަށެވެ. އިންފޮރމޭޝަން ކޮމިޝަނަރުގެ މަގާމަށް އާހިދު އައްޔަންކުރުމަށް މަޖިލީހުން ފާސްވީ 49 މެމްބަރުންގެ ވޯޓުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރުން އޮތެވެ. 50 މެމްބަރުންގެ ވޯޓާއެކު އެމަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ ހ. އިރުވައި މުހައްމަދު އާސިފްގެ ނަންފުޅެވެ.

ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން